“ފެސިލިޓީ ބޭސްޑް ނިއުބޯން ކެއާ އެންޑް ކްއާލިޓީ އިމްޕްރޫވްމަންޓް ޓެރޭނިން”ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް މިއަދު އޭދަފުށީގައި ފަށައިފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލުގަ އާއި ހެލްތު ސެންޓަރުތަކުގައި މަސއްކަތްކުރާ ނަރުހުންނަށާއި ޑޮކްޓަރުންނަށް އަމާޒްކޮށްގެން ބ. އަތޮޅު ހޮސްޕިޓަލުގެ ސެމިނާރޫމުގައި ފެށި މި ބައްދަލުވުމަކީ ޔުނިސެފްގެ އެހީގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއީ) އިން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.
މިބައްދަލުވުމުގައި ބ. އަތޮޅުން 35 ބައިވެރިން ބައިވެރިވެފައި ވެ އެވެ.
އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި މި މަސައްކަތު ބައްދަލުވުމުގައި ދަރިފުޅު ވިހެއުމާއެކު ފުރަތަމަ ދޭންޖެހޭ ފަރުވާޔާބެހޭ ގޮތުންނާއި ދިމާވާ މައްސަލަ ތަކަކީ ކޮބައިކަން އޮޅުން ފިލުވައި އެކަންކަމާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދޭނެ އެވެ.
އަންނަ ބުރާސްފަތި ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނެވެ.