ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު 13 ގައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ 13 ގައި ބާއްވަން ހަމަޖައްސައިފި އެވެ.

އެ ބޭންކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބޭންކުގެ އަހަރީ އާއްމު ޖަލްސާ އޮންނާނީ މޭ މަހުގެ 13 ވަނަ ދުވަހުގެ ރޭ 8:30 ގައި ހޮޓަލް ޖެންގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.

އަދި އެ ޖަލްސާގައި ބައިވެރި ވެވޭނީ، 26 އެޕްރީލް 2018ގެ ނިޔަލަށް ބޭންކްގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އެ ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން ނޫނީ ބަދަލުގައި ފޮނުވާ ފަރާތަކުން ވެސް އޭޖީއެމްއަށް ވަނުމަށްޓަކައި ރަޖިސްޓްރޭޝަންގެ ކަންކަން މޭ 13 ވަނަ ދުވަހުގެ ރޭ 7:00 އިން 8:15 އަށް ހޮޓަލް ޖެންގައި ކުރިއަށް ދާނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރުގެ އޭޖީއެމްގައި ވެސް އޮންނާނީ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ފާސްކުރުމާއި މިދިޔަ އަހަރުގެ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި އާ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިހާބު ކުރުމާއި އެބޭފުޅުންގެ މުސާރަ ކަނޑައެޅުމާއި އޮޑިޓަރުން ހަމަޖެއްސުން އަދި ހިއްސާދާރުންނަށް ބަހާނެ ފައިދާގެ މިންވަރު ފާސްކުރުމެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން އޭޖީއެމްއަށް ހުށަހަޅަން ނިންމާފައި ވަނީ، ސާފު ފައިދާގެ ތެރެއިން 118.4 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހުމަށެވެ. އެއީ ހިއްސާއަކަށް 22 ރުފިޔާ އެވެ. މިދިޔަ އަހަރަކީ ވެސް ބީއެމްއެލްއަށް ކާމިޔާބު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް އެބޭންކަށް ވަނީ ސާފު ފައިދާގެ ގޮތުގައި 1.038 ރުފިޔާ ލިބިފަ އެވެ. ބޭންކްގެ ފައިދާ އެއް ބިލިއަން ރުފިޔާގައި ހިފަހައްޓަމުން އަންނަތާ މިއީ ޖެހިޖެހިގެން ދެވަނަ އަހަރެވެ.

ބަދަލުގެ ގޮތުގައި، ނޫނީ ޕްރޮކްސީއެއްގެ ގޮތުގައި އެހެން މީހަކު ފޮނުވަން ބޭނުންވާ ހިއްސާދާރުން ޖަލްސާ ފެށުމުގެ 48 ގަޑިއިރު ކުރިން ބީއެމްއެލްގެ ހެޑް އޮފީހުގެ ހަވަނަ ފްލޯގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް ޕްރޮކްސީ ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެ ޔުނިޓުން ވެސް ފޯމް ލިބޭ އިރު އޮންލައިންކޮށް ބީއެމްއެލްގެ ވެބްސައިޓުން ވެސް ފޯމް ލިބޭނެ އިންތިޒާމް ވަނީ ހަމަ ޖައްސައިފަ އެވެ.

ބީއެމްއެލްގެ އިއުލާންގައިވާ ގޮތުން އާންމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުގެ ބޯޑް މެންބަރަކަށް ވުމަށް ތިން ފަރާތެއް ވަނީ ކުރިމަތިލައިފަ އެވެ.

ޑިރެކްޓަރުންގެ ބޯޑު

ކުރިއަށް އޮތް އަހަރަށް ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ ފަރާތުން ވަނީ، އަށް ބޭފުޅެއްގެ ނަން ހުށަހަޅައިފައެވެ. އޭގެ ތެރޭން ހަތް ބޭފުޅުންނަކީ މިދިޔަ އަހަރުވެސް އެ ބޯޑުގައި ތިއްބެވި ބޭފުޅުންނެވެ. ބޯޑަށް އަލަށް ހުށަހަޅާފައިވާ ނަމަކީ، ހ. ވައިފިލާގޭ، ހައްވާ ސަފްނާއެވެ. އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާފައި ވަނީ މިހާރުވެސް އާންމު ހިއްސާދާރުން ތަމްސީލުކުރައްވަމުން ގެންދަވާ ތިން ބޭފުޅުންނެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާ ބޭފުޅުން

  1. ސައީދާ އުމަރު: ދަަފްތަރު ނަންބަރު ރސ 621 ،މާލެ (ކުންފުނީގެ މިހާރުގެ ޗެއާޕާސަން)
  2. މރ. އެންޑްރޫ ހީލީ (މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ)
  3. މުހައްމަދު ޝަރީފު: ގ. އިފާއު (ޑެޕިއުޓީ ސީއީއޯ)
  4. މުހައްމަދު ލުވޭޒް، މއ. ދިލާސާގެ.
  5. އަބްދުލްހާރިސް، ގ. އެކްރާ.
  6. އާއިޝަތު އަރުޝާ، މ. ނަރުގިސްމާގެ އާގެ.
  7. ރާބިހް މުހައްމަދު، އަނބުގަސްދޮށުގެ، ތ. ވިލުފުށި.
  8. ހައްވާ ސަފްނާ، ހ. ވައިފިލާގެ.

އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ބޭފުޅުން

  1. މުހައްމަދު އަބްދުއްސައްތާރު، މއ. ޓިއުލިޕް ވިލާ.
  2. އިބްރާހީމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ.
  3. އިބްތިޝާމާ އަހްމަދު ސައީދު، މ. އެގްޒީޓަރ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.