މައި ކޮލެޖުން ބ. އޭދަފުށީގައި މާސްޓާސް ޑިގްރީއަށް ކިޔަވައި ދޭން ފަށައިފި އެވެ.
މައި ކޮލެޖު އޭދަފުށީ އައުޓްރިޗް ސެންޓަރުގައި ބުރާސްފަތި ދުވަހު ފެށި މި ކޯހަކީ މިއަތޮޅު ސްކޫލުތަކުގެ ޓީޗަރުންނަށް އަމާރުކޮށްގެން ކޮށްގެން ކުރިއަށްގެންދާ ކޯހެއްކަމަށް އެ ކޮލެޖުން ބުންޏެވެ. އެގޮތުން ފަށާފައިވަނީ އެޑިޔުކޭޝަން ދާއިރާއިން މާސްޓާސް ޕްރޮގްރާމެކެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި 20 މީހުން ބައިވެރިވެ އެވެ. ކިޔެވުން ތާވަލްކޮށްފައިވަނީ ހަފްތާ ބަންދު ދުވަސްތަކަށެވެ.
މައިކޮލެޖުން އަންނަނީ އޭދަފުށީގައި ސެޓްފިކެޓް ލެވެލް 4 އާއި ޑިޕްލޮމާ އަދި ޑިގްރީ ޕްރޮގާމުގެ ކޯސްތަކެއްވެސް ހިންގަމުންނެވެ. އަދި މިދިޔަ އަހަރު ވަނީ ޕޯސްޓް ގްރެޖުއޭޓް ކޯހެއް ވެސް ހިންގައިފަ އެވެ. އޭގެ އިތުރުން ބަހިއްޔާ ޕްރީ ސްކޫލުވެސް މިހާރު ހިންގަމުން އަންނަނީ އެ ކޮލެޖުންނެވެ.