އޮލިމްޕިކް ކޮމިޓީން ގޮއިދޫގައި ސްކޭޓް ބޯޑް ޕާކެއް އަޅައިދެނީ

ގޮއިދޫގައި އަޅާ ސްކޭޓް ބޯޑު ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން — ފޮޓޯ/ އިމޭޖްސް އެމްވީ

އޮލިމްޕިކް ކޮމެޓީގެ ފަރާތުން ބ. ގޮއިދޫގައި ސްކޭޓް ޕާކެއް އެޅުމަށް ނިންމާ އެތަނުގެ ބިންގާ އަޅާފައިފި އެވެ.

ރަނގަޅު ފެންވަރެއްގައި ސްކޭޓް ބޯޑު ހުނަރުތައް ތަރައްގީކުރުމަށް އެރަށުގެ ޒުވާން ކުދިންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އޮލިމްޕިކް ކޮމިޓީއާއި ރަށުގެ ރައްޔިތުން ގުޅިގެން އަޅާ ސްކޭޓް ބޯޑު ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ވަރުގަދަ ކުޅިވަރު ޝަހުސިއްޔަތު ޑރ. މުހައްމަދު ޒާހިރު ހުސައިން އެވެ.

ރަނގަޅު ފެންވަރެއްގައި ސްކޭޓް ބޯޑު ހުނަރުތައް ތަރައްގީކުރުމަށް އެރަށުގެ ޒުވާން ކުދިންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އޮލިމްޕިކް ކޮމިޓީއާއި ރަށުގެ ރައްޔިތުން ގުޅިގެން އަޅާ ސްކޭޓް ބޯޑު ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ވަރުގަދަ ކުޅިވަރު ޝަހުސިއްޔަތު ޑރ. މުހައްމަދު ޒާހިރު ހުސައިންއެވެ.

ގޮއިދޫގައި އަޅާ ސްކޭޓް ބޯޑު ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން — ފޮޓޯ/ އިމޭޖްސް އެމްވީ

އޮލިމްޕިކް ކޮމިޓީން ހަރަދުކޮށްގެން އަޅާ ސްކޭޓް ބޯޑް ޕާކު އިމާރާތް ކުރުމުގެ ހުރިހާ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވަނީ ގޮއިދޫގެ ރައްޔިތުންގެ ކޮމިއުނިޓީ މަސައްކަތެއް ގޮތުގައެވެ. އިއްޔެގެ ރަސްމިއްޔާތުގައި ބިންގާ އަޅުއްވާ ދެއްވީ އޮލިމްޕިކް ކޮމިޓީގެ މެމްބަރުންނާއެކު ރަށު ކައުންސިލްގެ މެމްބަރުން އެކުވެގެންނެވެ. ބިންގާ އެޅުމުގައި ރަށުގެ ވޯޓާ ސްޕޯޓްސްގެ ބާނީ އަހުމަދު ޝުޖާއު (ކޮޗޭ)ވެސް ބައިވެރިވެފައި ވެއެވެ.

ގޮއިދޫ ކައުންސިލްގެ ފަރާތުން ވާހަކަ ދައްކަވަމުން އަހުމަދު ނިޔާޒް ވިދާޅުވީ ސްކޭޓްބޯޑު ޕާކަކީ އޮލިމްޕިކް ކޮމިޓީގެ ފާރާތުން ގޮއިދުއަށް ދެއްވި ހަދިޔާއެއް ކަމަށާއި، ވީހާވެސް އަވަސް މުސްތަގުބަލެއްގައި ޕާކުގެ އަމަލީ މަސައްކަތް ފަށައި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޕާކުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ގޮއިދޫގައި އަޅާ ސްކޭޓް ބޯޑު ޕާކުގެ ބޮޑުމިނަކީ 2500 އަކަ ފޫޓެވެ. ޕާކު ނިންމާ ޕާކަށް ނަން ދިނުމަށް ހަމަޖެހިފައިވަނީ ގޮއިދޫ އޮލިމްޕިކް ސްކޭޓް ޕާކުގެ ނަމުންނެވެ. އެ ނަމުން ރަމްޒުކޮށްދެނީ ގޮއިދޫއާއި އޮލިމްޕިކް ކޮމިޓީގެ ގާތް އެކުވެރިކަން ކަމަށްވެސް ގޮއިދޫ ކައުންސިލުން ބުނެ އެވެ.

އިއްޔެ ބޭއްވި ބިންގާއެޅުމުގެ ރަސްމިއްޔާތަށްފަހު އޮލިމްޕިކް ކޮމިޓީގެ ހުރިހާ މެމްބަރު އެސޯސިއޭޝަނަކުން ވެސް ވަނީ ޕްލާސްޓިކް ބޭނުންކުރުމާ ދެކޮޅަށް ޕްލެޖް ބޯޑެއްގައި ސޮއިކޮށްފައެވެ.

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާއާއެކު އިއްޔެ ގޮއިދުއަށް ބޮޑު އީދެއް އައިސްފައިވާ އިރު، އެ ރަށުގެ ކުދިބޮޑު އެންމެން ވަނީ އިއްޔެގެ ހަރަކާތްތަކުގައި ބައިވެރިވެފައެވެ. އަދި އެރަށަށް ޒިޔާރަތްކުރި އޮލިމްޕިކް ކޮމިޓީގެ މެމްބަރު އެސޯސިއޭޝަންތަކުން ރަށުގެ ކުޅިވަރު ތަރައްގީ ކުރުމަށް ގިނަ އެހީތަކެއް ފޯރުކޮށްދޭނެ ކަމުގެ ފެހި ސިގްނަލްވެސް ވަނީ ދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.