މިއަހަރުގެ ފެބުރުއަރީ 1 ގައި ސްޕްރީލް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ނޫސްބަޔާން ނެރުމުން އެއްމަސް ދުވަހަށް ސަސްޕެންޑު ކުރުމާއި ގުޅިގެން އޮފީހަށް ވަޑައިގެން ނުގެން ހުރުމަށްފަހު ހިތާދޫ ކައުންސިލުގެ މެމްބަރުން ރަސްމީ އިޢްޒަތުގައި ބެރުދުންމާރި ތާޅަފިލީގައި މިއަދު އޮފީހަށް ވަޑައިގެންފިއެވެ.
ސަސްޕެންޝަން މުއްދަތު ހަމަވެގެން މިއަދު އެބޭފުޅުން އޮފީހަށް ވަޑައިގަތުމުގެ ކުރިން ވަނީ ހިތާޑޫ އެމްޑީޕީ ހަރުގެއަށް ވަޑައިގެންފައެވެ. ހަރުގެއަށް ވާޑައިގަތުމުން އިޞްލާހަށް ލޯބިކުރާ މީހުން ވަނީ އެބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައި މާފަތި އަޅުވާފައެވެ.
ހިތާދޫ ކައުންސިލުގެ މެންބަރުން މިއަދު ހެނދުނު އޮފީހަށް ވަޑައިގެންނެވީ ހަރުގޭގައި މަޑު ކުރެއްވުމަށް ފަހުއެވެ. ހަރުގެއިން ފެށިގެން އެބޭފުޅުން އޮފީހަށް ވަޑައިގެންނެވީ ދިވެހި ސަޤާފީ ބެރުުދުންމާރި ތާޅަފިލީގެ އިއްޒަތުގައެވެ.
ހިތާދޫ ކައުންސިލުގެ މެންބަރުން ވިދާޅުވީ ކިތައްމެވަރަކަށް ސަސްޕެންޑުކޮށް ކައުންސިލު އުވާލިއަސް ރައްޔިތުންގެ ހައްޤުގައި ބަސްބުނުމަށް ކުޑަކޮށްވެސް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.
ހިތާދޫ ކައުންސިލުގެ ހުރިހާ މެންބަރުން އެއްމަސް ދުވަހަށް ސަސްޕެންޑުކުރީ 19 މާރމިދިޔަ މަހުގެ 19 ވަނަ ވަނަ ދުވަހުއެވެ.
އިސްލާހަށް މަސައްކަތްކުރާ ބަޔަކު އަޅުވަންޖެހޭނީ ރީނދޫ މާފައްޗެއް ނޫނެވެ. ފެއްސާ ރަތާ ހުދުގެ މާފައްޗެކެވެ. މަ ޔާމީނަށް ސަޕޯރޓް ނުކުރިޔަސް ކަލޭމެންނަކަށްވެސް ސަޕޯރޓެއް ނުކުރަމެވެ.