މިނިވަން ޗެމްޕިއަންޝިޕް ފައިނަލު ބުރުގައި ޒޯން 3 ގެ ޗެމްޕިއަން ފެހެންދޫ މިއަދު ށ. ފޯކައިދޫއާ ދެކޮޅަށް ނުކުންނާނެ އެވެ.
މި މެޗު ކުޅޭނީ ށ. ފޯކައިދޫ ފުޓްބޯޅަ ދަނޑުގައެވެ. މެޗު ފަށާނީ މިއަދު ހަވީރު 3:50 ގައެވެ.
ގްރޫޕް އޭ:
ޒޯން 1 ޗެމްޕިއަން – ހއ. މުރައިދޫ
ޒޯން 2، ޗެމްޕިއަން – ށ. ފޯކައިދޫ
ޒޯން 3، ޗެމްޕިއަން – ބ. ފެހެންދޫ
ޒޯން 4، ޗެމްޕިއަން – އއ. މާޅޮސް
ޒޯން 4، ޗެމްޕިއަން – އދ – ފެންފުށި
ނަތީޖާ:
ފުރަތަމަ މެޗު: ފޯކައިދޫ 1 – ފެންފުށި
ދެވަނަ މެޗު: މާޅޮސް 2 – 0 މުރައިދޫ
މިއަދު މެޗަށް ފެހެންދޫ ޓީމް ނުކުންނައިރު އެ ޓީމުގައި އޭދަފުށީ ޓީމުގެ ފޯވާޑް އަލީ ޒުބައިރު އާއި ޑިފެންޑަރު ސާމީ އިބްރާހީމް ވަނީ ޓީމު ލިސްޓްގައި ހިމަނާފަ އެވެ. އޭގެ އިތުރުން ގޮއިދޫ އާއި ފެހެންދޫގެ ކުޅުންތެރިއެއްގެ އިތުރުން އިތުރު ކީޕަރެއްވެސް ވަނީ ހިމަނާފަ އެވެ.
މި މުބާރާތުގެ ދެވަނަ ގްރޫޕްގެ މެޗުތައް ކުޅޭނީ ފ. ނިލަންދޫގަ އެވެ. ކޮންމެ ގްރޫޕަކުން ދެ ޓީމު ކޮލިފައިވާނީ ދިވެހި ޕްރިމިއާ ލީގަށެވެ.