ކެބިން ކްރޫ ނުވަތަ ފްލައިޓް އެޓެންޑެންޓަކަށް ވާން ބޭނުންވާ ކުދިން ތަމްރީން ކުރުމަށް ސްކައިލޭން އޭވިއޭޝަން އެކަޑަމީން ދަރަވަންދޫގައި ކެބިން ކްރޫ ކޯހަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
ސްކައިލޭން އޭވިއޭޝަން އެކަޑަމީން ބުނީ އަންނަމަހުގެ 7 އިން 14 އަށް ދަރަވަންދޫގައި ކުރިއަށް ގެންދަން ނިންމާފައި ވަނީ ކެބިން ކްރޫ އިންޓްރޮޑަކްޓަރީ ލެވެލް ކޯހެއް ކަމަށާއި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ރަޖިސްޓާ ކުރަން ހުޅުވާލައިފައިވާ ކަމަށެވެ.
ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 7611612 އަށް ނަމާއި އައިޑީކާޑް، އީމެއިލް އެޑްރެސް އަދި ރަށުގެ ނަން އެސްއެމްއެސް ކުރުމުން ރަޖިސްޓާ ކުރެވޭނެ އެވެ.
ހަފްތާއެއްގެ މުއްދަތަށް ހިންގާ ކެބިން ކްރޫ އެންޓްރީ ލެވެލް ކޯހުގައި 7 މޮޑިއުލެއް ނަގައިދޭ އިރު، އަމަލީ ތަމްރީނު ވެސް ބައިވެރިންނަށް ލިބިގެން ދާނެ އެވެ. މި ކޯހުގެ ފީއަކީ 4500ރ އެވެ.
މިދިޔަ އަހަރު ދިވެހި ކެބިން ކްރޫ އެކެޑެމީ އޭދަފުށީގައި ވެސް ކެބިން ކްރޫން ތަމްރީނު ކުރުމުގެ ކޯހެއް ވަނީ ހިންގައިފަ އެވެ.