މިނިވަން ޗެމްޕިއަންޝިޕް ފައިނަލު ބުރުގައި ފެހެންދޫ ކުޅޭ ދެވަނަ މެޗުގައި މިއަދު ހއ. މުރައިދޫ އާ ދެކޮޅަށް ނުކުންނާނެ އެވެ.
މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދަން ދެ ޓީމަށް ވެސް މިއަދު މެޗުން މޮޅުވާން މަޖުބޫރެވެ.
ށ. ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މެޗުގެ ކުޅުން ފަށާނީ މިއަދު ހަވީރު 3:45 ގަ އެވެ.
6 ޕޮއިންޓާއެކު މި ގްރޫޕުގެ އެންމެ ކުރީގައި އއ. މާޅޮހާއި ށ. ފޯކައިދޫ އެވެ. ނަމަވެސް ގޯލް ގެ ތަފާތުން އެއްވަނައިގައި އޮތީ މާޅޮހެވެ. ފެހެންދޫ އާއި މުރައިދޫ އަށް އަދި ޕޮއޮންޓެއް ނުލިބެ އެވެ.