ކުނި ރިސައިކަލް ކުރާ މެޝިންތަކުގެ މައި ކޭބަލްތައް ބުރިކޮށްލައިފި

އޭދަފުށީ ކުނިކޮށީގައި ހުރި ރިސައިކަލް ކުރާ މެޝިންތަކުގެ މައި ކޭބަލް ބުރިކޮށްލާފައި -ފޮޓޯ / އޭދަފުށީ ކައުންސިލް

އޭދަފުށީ ކުނި ކޮށީގައި ހުރި ކުނި ރިސައިކަލް ކުރާ މެޝިންތަކުގެ މައި ކޭބަލްތައް ބުރި ކޮށްލައިފި އެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި ކުނި ކޮށީގައި ބަހައްޓާފައިހުރި ބިއްލޫރި ފުނޑުކުރާ މެޝިނާއި ދަޅު ފިއްތާ މެޝިންއާއި ބިއްލޫރި މުގުރާ މެޝިންގެ މައި ކޭބަލް ބުރި ކޮށްލައިވަނީ ރޭގެ ވަގުތެއްގަ އެވެ.

ތޮލާލު ތުހުމަތު ކުރާ ގޮތުގައި މިއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެކެވެ.

“މިއީ ބަދަލު ހިފުމުގެ ގޮތުން ހިންގި އަމަލެއް ކަމަށް ބެލެވެނީ، އެހެންނޫންނަމަ މިފަދަ ދަށުދަރަޖައިގެ ފިނޑި އަމަލެއް ނުހިންގާނެ. މިކަން ކައުންސިލުން ވަރަށް ބޮޑަށް ކުށްވެރިކުރަން،” ތޮލާލް ވިދާޅުވިއެވެ

ތޮލާލް ވިދާޅުވި ގޮތުގައި މިފަހަކަށް އައިސް ކުނި ކޮށީގައި ހުންނަ ބައެއް ތަކެއްޗަށް ގެއްލުން ދިނުމާއި ވަގަށް ގެންދިއުން ވަނީ އާއްމުވެފައެވެ.

“ސަރުކާރުން ރައްޔިތުންގެ ފަސޭހައަކަށް ކޮށްދެއްވާފައިވާ މިފަދަ ކަންތައް ހެޔޮ ގޮތުގައި ބަލައިގަންނަން ޖެހޭ. މިފަދަ ތާކުންތާކު ނުޖެހޭ ކަންތައްތައް ނުކުރުމަށް އިލްތިމާސްކުރަން،”

މިމައްސަލަ އޭދަފުށީ ކައުންސިލުން މިހާރު ވަނީ ޕޮލިހަށް ހުށަހަޅާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.