މާރެސް ވޮލީ މުބާރާތުގެ ފުރަތަމަ މޮޅު ގޮއިދޫ އަށް

މާރެސް ވޮލީ މުބާރާތުގައި ގޮއިދޫ އާއި ދަރަވަންދޫ ކުޅުނު މެޗުގެ ތެރެއިން– އީޓީ ފޮޓޯ/ތޯރިގް

ބ. މާޅޮހު ރެކްރިއޭޝަން އެންޑް އެންވަޔަރަންމަންޓް ސޮސައިޓީ (މާރެސް) ބ. އަތޮޅަށް ހުޅުވާލައިގެން އިއްޔެ ފެށި ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިސަންގެ ފުރަތަމަ މެޗުން ގޮއިދޫ މޮޅުވެއްޖެ އެވެ․

މާޅޮހުގައި އިއްޔެ ހަވީރު ކުޅުނު މި މެޗުން ގޮއިދޫ މޮޅުވީ ދަރަވަންދޫ އާ ވާދަކޮށް ސީދާ 3 ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 25-13، 25-15 އަދި 25-11 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޮއިދޫގެ ރިޒްވާނާ އަބޫބަކުރު އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ގޮއިދޫގެ ރިޒްވާނާ އަށް ޓްރޮފީދެއްވަނީ

މި މުބާރާތުގެ ފިރިހެން ޑިވިޝަން ވެސް ރޭ ވަނީ ފަށައިފަ އެވެ. ފުރަތަމަ މެޗުގައި މާޅޮސްއާ ވާދަކޮށް ކުޑަރިކިލު މޮޅުވީ 3-1 ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 25-23، 17-25، 27-25 އަދި 25-23 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަރިކިލުގެ ތޯހިރު ނަސީރު އެވެ.

މި މުބާރާތުގެ އަންހެން ޑިވިސަންގައި މިއަދު ހަވީރު ކުޅޭ މެޗުގައި މާޅޮސް ނުކުންނާނީ އޭދަފުއްޓާ ދެކޮޅަށެވެ․ ފިރިހެން ޑިވިސަނުގައި މިރޭ ގޮއިދޫއާ ދެކޮޅަށް ނުކުންނާނީ ދަރަވަންދޫ އެވެ.

މާރެސް އިން ބުނި ގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ އަތޮޅުގައި ތިބި ވޮލީ ކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށް އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި އެ ކުޅުންތެރިންގެ ވޮލީގެ ހުނަރު ތަރައްގީކުރުމާއި ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަ ކަން އިތުރުކުރުންވެސް މި މުބާރާތް ބާއްވާ މަގުސަދުތައް ތެރޭގައި ހިމެނެ އެވެ.

މި މުބާރާތުގެ މެއިން ސޮޕަންސަރަކީ ރެޑްވޭވް އެވެ. ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު އޮންލައިން މީޑިޔާ ޕާޓްނަރެއްގެ ގޮތުގައި މުބާރާތުގެ ހަބަރުތައް “އީޓީ” ން ގެނެސްދޭނެ އެވެ.

މާރެސް ވޮލީ މުބާރާތް ފެށމުގެ ރަސްމިއްޔާތުގެ ތެރެއިން– އީޓީ ފޮޓޯ/ތޯރިގް

މާރެސް ވޮލީ މުބާރާތް ފެށމުގެ ރަސްމިއްޔާތުގެ ތެރެއިން– އީޓީ ފޮޓޯ/ތޯރިގް

މާރެސް ވޮލީ މުބާރާތުގައި ގޮއިދޫ އާއި ދަރަވަންދޫ ކުޅުނު މެޗުގެ ތެރެއިން– އީޓީ ފޮޓޯ/ތޯރިގް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.