ޑްރީމްލޭންޑް ނަމުގައި ބ. އަތޮޅުގައި އާ ރިސޯޓެއް ހުޅުވައިފި

ބ.އަތޮޅުގައި އެންމެފަހުން ތަރައްގީކުރި ޑްރީމްލޭންޑް ރިސޯޓް

ބ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ޔުނެސްކޯ ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި ތަރައްގީކުރި ހަތަރު ތަރީގެ ހިތްގައިމު ރިސޯޓް ގެސްޓުންނަށް ހުޅުވާލައިފި އެވެ.

ރާއްޖޭގެ ކުންފުންޏެއް ކަމަށް އަނގިރި ރިސޯޓްސް މެނޭޖްމެންޓަ އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑުން މިއަތޮޅު “ހިރުނދު” ގައި ހިންގަމުން އަންނަ އެ ރިސޯޓް ގެސްޓުންނަށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހު ތެރޭގަ އެވެ.

ބ. އަތޮޅުގައި އެންމެފަހުން ތަރައްގީކުރި ޑްރީމްލޭންޑް ރިސޯޓުގެ ފްރެޝް ވޯޓާ ލޭކް

މިއަތޮޅު ކިހާދޫ ކައިރީގައި އޮންނަ ހިތްގައިމު އެ ރިސޯޓްގައި ބީޗް ބެންގަލޯ އަދި ވޯޓާ ބެންގަލޯސް އާއެކު ޖުމްލަ 90 ކޮޓަރި ހިމެނެ އެވެ. މީގެ އިތުރުން އެ ރިސޯޓްގެ މެދުގައި 1600 ސްކެއާ މީޓަރުގެ ރީތި ލޭކެއް ވެސް އޮވެއެވެ.

ބ. އަތޮޅުގައި އެންމެފަހުން ތަރައްގީކުރި ޑްރީމްލޭންޑް ރިސޯޓު

އޭގެ އިތުރުން ދެ ބާއާއެކު ލޭކްވިއު އަދި ސީ ވިއު ދެ ރެސްޓޯރެންޓެއް ހިމެނޭއިރު އަދި ޖިމް އަކާއި ޑައިވް ސެންޓަރެއްގެ އިތުރުން ސްޕާ އެއްވެސް ރިސޯޓުގައި ހުރެއެވެ.

މަތީ ފެންވަރުގެ ދިހަ ވަރަކަށް ރިސޯޓު ހިންގަމުން އަންނަ ބ. އަތޮޅުގައި އަދިވެސް އިތުރު ރިސޯޓައް ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ.

ޑްރީމްލޭންޑް ރިސޯޓްގެ އިތުރު ފޮޓޯތައް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.