މާރެސް އަތޮޅު ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގައި ދަރަވަންދޫ އަތުން މޮޅުވެ މޮޅުވެ އޭދަފުށި ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
މާޅޮހު ވޮލީ ކޯޓްގައި އިއްޔެ ހަވީރު ކުޅުނު މެޗުން މުބާރާތުގައި މިއަހަރު އަލަށް ވާދަކުރި އޭދަފުށި މޮޅުވީ 3-1 ސެޓުންނެވެ. ސެޓުތައް ގެންދިޔައީ 23-25، 25-14، 19،25 އަދި 23-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދަރަވަންދޫ ޓީމުގެ އައިމިނަތު މައުރޫޝާ އެވެ.
މުބާރާތުގެ ފިރިހެން ބައިގައި ރޭ ކުޅުނު މެޗުން މާޅޮހުން ވަނީ ދަރަވަންދޫ ބަލިކޮށްފަ ސެމީން ޖާގަ ހޯދައިފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ 2517-25، 15-25 އަދި 25-27 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މާޅޮސް ޓީމުގެ އަލީ ވިޝާމު އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭ އަންހެން ބައިގެ ސެމީގައި އޭދަފުށި ބައްދަލުކުރާނީ މާޅޮހާ އެވެ. އަދި މިރޭ ފިރިހެން ބައިގެ ސެމީ ގައި މާޅޮހުން ނުކުންނާނީ ކުޑަރިކިލާ ދެކޮޅަށެވެ.
މުބާރާތުގެ އަންހެން އަދި ފިރިހެން ބައިގެ ފައިނަލުން ގޮއިދޫ ދެޓީމު ވަނީ ޖާގަ ހޯދައިފަ އެވެ.