ބ ކަމަދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް އަޅަން އެންވަޔަރަމަންޓް މިނިސްޓްރީން ވެހިކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
ކަމަދޫގައި ކުނި މެނޭޖްކުރާ މަރުކަޒެއް އެޅުމުގެ އެއްބަސްވުމުގައި ވެހިކޮން ބިލަޑާސްއާ އެކު މިނިސްޓްރީން ސޮއި ކޮށްފައިވަނީ މިއަދު އެވެ. އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ އެވެ.
މި އެއްބަސްވުމުގެ ދަށުން ތިން މަސް ދުވަހުގެ ތެރޭގައި ކަމަދޫގެ ކުނި މެނޭޖްކުރާ މަރުކަޒް ގާއިމްކުރަން ޖެހޭނެ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ކަމަދޫގައި ކުނި މެނޭޖިން ސެންޓަރެއް އަޅަނީ ޕީއެސްއައިޕީ ބަޖެޓުން މުޅި މަޝްރޫއަށް ހަރަދުކުރާ ގޮތަށް ކަމަށެވެ. އެ މަޝްރޫއަށް 1.2 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމާފަ އެވެ.