ސުނާމީގެ ހާއްސަ ވީޑިއޯއެއް

އޭދަފުއްޓަށް ސުނާމީ އެރިތާ ކުޑަ އިރުކޮޅެއް ފަހުން ރަށުގެ އުތުރު ފަރާތު ފަޅުތެރޭގައި ދޯންޏެއް ދުއްވާފައި އަންނަނީ — ފައިލް ފޮޓޯ: ނިޔަމި

ޑިސެމްބަރު 26، 2004 ގައި ރާއްޖެ އަށް ކުރިމަތިވި ސުނާމީގެ ރާޅުތައް އޭދަފުއްޓަށް އަރައިގެން ދިޔަ މަންޒަރުތައް ދައްކުވައިދޭ ހާއްސަ ވީޑިއޯއެއް މި ނޫހަށް ލިބިއްޖެ އެވެ. މި ވީޑިއޯތައް ނަގާފައި ވަނީ އެ ދުވަހު އޭދަފުށީގައި ހުންނެވި މުހަންމަދު ވަޖީހާއި މުހަންމަދު ނައުރީފެވެ. އެއް ގަޑިއިރަށް ވުރެ ދިގު މި ވީޑިއޯ އޭނާ މިހާރު ވަނީ އީޓީގައި ހިމެނުމަށް ޓަކައި ހަދިޔާކޮށްފަ އެވެ.
މި ވީޑިއޯގައި އޭދަފުއްޓަށް އެ ދުވަހު ސުނާމީގެ ރާޅުތައް އަރައިގެން އައި ގޮތާއި އެ ރާޅުން ސަލާމަތްވުމަށް މީހުން ދުވަމުން އަންނަތަނާއި ރަށުގެ އުތުރު ފަރާތު ފަޅުތެރޭގައި އޮތް ގަދަ އޮއިގަނޑާއި ރަށު ތެރެ ވަރށް ރީތިކޮށް ދައްކުވައިދެ އެވެ. މީގެ އިތުރުން އޭރު ރަށުގެ އިސް ވެރިންގެ އިންޓަވިއުތަކާއި ބައެއް އާންމުން ކޮށްފައިވާ ތަޖުރިބާތައް ވެސް މި ވީޑިއޯގައި ފެނިގެން ދެ އެވެ. ހަމައެއާ އެކު، ބައެއް މީހުން ރޮއެ ﷲ އަށް ދުއާ ކުރާ އަޑު ވެސް ވީޑިއޯގައި ހިމެނެ އެވެ. މި ވީޑިއޯ އަޅުގަނޑުމެން އީޓީގައި ގެނެސްދޭނީ ފަސް ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދު ހިމަނާފައި ވާނީ މި ސިލްސިލާގެ ފުރަތަމަ ބައެވެ.
މިއީ، އީޓީގެ ކިޔުންތެރިން ބަލާލަން ވަރަށް ޝައުގުވެރިވާނެ ވީޑިއޯއަކަށް ވާނެ ކަމާ މެދު ޝައްކެއް ނެތެވެ. ވީޑިއޯ ހަދިޔާ ކުރެއްވީތީ ވަޖީހަށް ޝުކުރިއްޔާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.