ބީއެމްއެލް އިސްލާމިކް އިން ޕާސަނަލް ފައިނޭންސިން ތައާރަފްކޮށްފި

ފަސޭހައިން ފައިސާ ދެއްކޭގޮތަށް ބީއެމްއެލް އިސްލާމިކް އިން މިއަދު ޕާސަނަލް ފައިނޭންސިން ތައާރަފްކޮށްފި އެވެ.

މިއީ އިސްލާމީ އުސޫލުތަކުގެ މަތިން މަހުން މަހަށް ފައިސާ ދައްކާގޮތަށް އަމިއްލަ ފަރުދުންނަށް އެއް ލައްކަ ރުފިޔާއާ ހަމައަށް މުދާ ގަނެވޭ ޚިދުމަތެކެވެ. މި ޚިދުމަތަށް އެދޭ ފަރާތަތްކަށް ޚިދުމަތަށް އެދޭތާ 7 ދުވަސްތެރޭ ފައިނޭންސިންގ ހަމަޖެހޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ޚިދުމަތް ތައާރަފްކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭންކް އޮފް މޯލްޑިވްސްގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑައިރެކްޓަރ އޮފް ބީއެމްއެލް އިސްލާމިކް ޒުލްގަރުނައިން ތަމާން ވިދާޅުވީ އިސްލާމީ އުސޫލުތަކުގެ މަތިން ދެވޭ އިތުރު ޚިދުމަތެއް މިއަދު ތައާރަފްކުރެވޭކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

” މި ޚިދުމަތާއެކު އިސްލާމީ އުސޫލުތަކުގެ މަތިން ރާއްޖޭގައި މިވަގުތު ލިބޭ އެންމެ ރަނގަޅު ފައިނޭންސިންގ ޚިދުމަތުގެ ފައިދާ ކަސްޓަމަރުންނަށް ލިބިގެންދާނެ،”

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުޢީ ހަމަތަކަށް ފެތޭ ކަންކަމަށެވެ. އަދި މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންކަމަށް ބީއެމްއެލް އިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.