އޭދަފުށިގައި ބިޒްނަސް އިންކިއުބޭޓަ ސާވިސް ސެންޓަރެއް ގާއިމް ކުރަނީ

ވިޔަފާރި ތަރައްގީކުރުމަށް އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ބ. އޭދަފުށީގައި ބިޒްނަސް އިންކިއުބޭޓަ ސާވިސް ސެންޓަރެއް ގާއިމުކުރަން ހަމަޖެހިއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އޭދަފުށިގައި ގާއިމުކުރާ ބިޒްނަސް އިންކިއުބޭޓަ ސާވިސް ސެންޓަރު ހިންގާނީ އެ މިނިސްޓްރީގެ އިކޮނޮމިކް ޑިވެލޮޕްމަންޓު އެންޓަޕްރައިޒް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރު (ބީސީ މާލެ) ގެ ދަށުންނެވެ.

މި ސެންޓަރަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން މިހާރުވަނީ އިއުލާން ކޮށްފަ އެވެ. އެގޮތުން އެ ސެންޓަރަށް ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރަކާއި އެޑްމިނިސްޓްރޭޝަން އަދި ފައިނޭންސް އޮފިސަރެއް ހޯދުމަށް ވަނީ އިއުލާންކޮށްފަ އެވެ.

މި މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހަޅަން ޖެހެ އެވެ.

ބިޒްނަސް ސާވިސް ސެންޓަރުތަކުން ވިޔަފާރިކުރާ ފަރާތްތަކަށް ދޭންޖެހޭ ފަންނީ ހުނަރާއި ޓްރޭނިން ޕްރޮގުރާމްތައް ހިންގުމުގެ އިތުރުން ވިޔަފާރި ހިންގުމަށް ބިޒްނަސް ކޮންސަލްޓެންސީ ދިނުން ފަދަ ޚިދުމަތްތައް އެތަންތަނުން ފޯރުކޮށްދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.