އުޔޫން އިންސްޓިޓިއުޓުން އޭދަފުށީގައި ބޮޑެތި މީހުންނަށް އިނގިރޭސި ބަސް ދަސްކޮށްދޭ ކްލާހެއް ހިންގާ ގޮތަށް ހަމަޖައްސައިފި އެވެ.
ހަތަރު މަސް ދުވަހުގެ މުއްދަތަށް ހިންގާ “އިންގްލިސް ލޭންގްއޭޖް އެންޑް ކޮމިޔުނިކޭޝަން 1″ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މި ކޯހުގެ ފީއަކީ މަހަކު 600ރ. އެވެ. މި ކޯހުގެ އެޕްލިކޭޝަން ފޯމް އަޝްރަފީ ބުޓިކް ފިހާރައިން ދަނީ ދޫކުރަމުންނެވެ.
މި ކޯހާގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 91777766 އާ އެވެ.
އުޔޫން އިންސްޓިޓިއުޓަކީ ޖަމިއްޔަތުލް ސަލަފުން އިފްތިތާހުކުރި ޓިއުސަން ސެންޓަރެކެވެ. އެ ސެންޓަރުގައި އެކިއެކި ގްރޭޑްތަކަށް ޓިއުޝަން ދިނުމުގެ އިތުރުން ތަފާތު ގިނަ ކޯސްތައް އަންނަނީ ހިންގަމުންނެވެ.