ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ފަރު ދައްކާލައިފި

ޕަރޮކޮއެ ޕްރޮގްރާމްގެ ދަށުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ފަރު ބަލާލުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން–ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ “ފަރުކޮއެ” މަޝްރޫއުގެ ދަށުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ފަރު ދައްކާލައިފި އެވެ.

މިއަދު ހެނދުނު ކުރިއަށްގެންދިޔަ އެ ޕްރގްރާމުގައި އެ ސްކޫލުގެ ކީ ސްޓޭޖް އެކެއްގެ 100 އަށްވުރެ ގިނަ ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިންނާއި ޓީޗަރުން ވަނީ ބައިވެރިވެފަ އެވެ. ފަރުކޮއެ މަޝްރޫއުގެ ދަށުން މިދިޔަ މާޗު މަހު އެ ސްކޫލުގެ ކީ ސްޓޭޖް ދޭއްގެ ކުދިންނަށް ވެސް ވަނީ ފަރު ދައްކާލައިފަ އެވެ.

ފަރުކޮއެ ޕްރޮގްރާމްގެ ދަށުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ފަރު ބަލާލުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން–ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

ފަރުކޮއެ ޕްރޮގްރާމްގެ ދަށުން “ވޮއިސް ފޯ ދި އޯޝަން” ސްކޫލަކަށް ވެވެނީ ދެ ކަމެއް ހާސިލްކޮށްގެންނެވެ. އެގޮތުން ފަރުތައް ދައްކާލުމުގެ އިތުރުން ސްކޫލުތަކުގައި “ސިންގަލް ޔޫސް ޕްލާސްޓިކް” ބޭނުންކުރުން ހުއްޓާލަން ޖެހެ އެވެ.

ފަރުކޮއެ މަޝްރޫއަކީ، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުން ފަރުތައް ދައްކާލައި އެކަމަށް އަހުލުވެރިކުރުވަން ކުރިއަށްގެންދާ ކަމެކެވެ. މިހާރު ވެސް ރާއްޖޭގެ 2000 އަށް ވުރެ ގިނަ ދަރިވަރުންނަށް ވަނީ ފަރު ދައްކާލައިފަ އެވެ.

ފަރުކޮއެ ޕްރޮގްރާމްގެ ދަށުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ފަރު ބަލާލުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން–ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
ފަރުކޮއެ ޕްރޮގްރާމްގެ ދަށުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ފަރު ބަލާލުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން–ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

“ފަރުކޮއެ” މަޝްރޫއުގެ ދަށުން ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ފުޅި ފަދަ ތަކެތި ސްކޫލަށް ގެންދިއުން މިހާރު ވަނީ މަނާކޮށްފަ އެވެ.

ފަރުކޮއެ ޕްރޮގްރާމްގެ ދަށުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ފަރު ބަލާލުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން–ފޮޓޯ: ތޯރިގް އަބްދުއްރަހްމާން
ފަރުކޮއެ ޕްރޮގްރާމްގެ ދަށުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ފަރު ބަލާލުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން–ފޮޓޯ: ތޯރިގް އަބްދުއްރަހްމާން

ފަރުކޮއެ ޕްރޮގްރާމް މިހާރު ވެސް ރާއްޖޭގެ ވަރަށް ގިނަ ސްކޫލުތަކުން ދަނީ ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.