ބީއެމްއެލް ‘ވައު ކިޑްޒް ރަން’ ކާމިޔާބުކަމާއެކު ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބީއެމްއެލް ވައު ކިޑްޒް ރަންގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާއެކު މިއަދު ނިންމާލައިފި އެވެ.

ތިން އުމުރުފުރާއަކުން 900 ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއެކު ޖުމްލަ 1800 ބައިވެރިން ވަނީ މިފަހަރުގެ ދުވުމުގައި ބައިވެރިވެފައެވެ. މީގެތެރޭގައި ހިމެނޭ 3 އަހަރާއި 5 އަހަރާއި ދެމެދުގެ ކުދިންގެ ދުވުން ފެށީ ބޭންކް އޮފް މޯލްޑިވްސް މަޖީދީމަގު ބްރާންޗް ކުރިމަތިންނެވެ. 5 އަހަރާއި 7 އަހަރާއި އަދި 7 އަހަރާއި 9 އަހަރާ ދެމެދުގެ ކުދިންގެ ދުވުން ފެށީ މަޖީދީ މަގު އާޓިފިޝަލް ބީޗު ކުރިމަތިންނެވެ.


ދުވުމުގައި ބައިވެރި ކުދިންނަށް މެޑަލް ހަވާލުކުރުން އޮތީ ކޮންމެ ކުއްޖަކުވެސް ދުވުން ނިންމި ވަގުތު ސޯޝަލް ސެންޓަރު ކުރިމަތިންނެވެ. ކުދިންނަށް މެޑަލް ހަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްއާއި ޓީއެފްޖީގެ އިސްވެރިންނެވެ.

ބީއެމްއެލް އިން ހުޅުވާލި ފަންޑް ރެއިޒިންގ ޕްލެޓްފޯމް މެދުވެރިކޮށް ކުދިން ހޯދި 130،800 ރުފިޔާ ވަނީ ކެއަރ ސޮސައިޓީ އަށް ހަދިޔާކޮށްފަ އެވެ.


ބޭންކް އޮފް މޯލްޑިވްސްއިން ތަޢާރަފްކުރި ފަންޑް ރެއިޒިން ޕްލެޓްފޯމް މެދުވެރިކޮން ދުވުމުގައި ބައިވެރިވި ކުދިން ހޯދި 130،800 ރުފިޔާ ވަނީ މި ދުވުން ނިންމުމުގެ ރަސްމިއްޔާތުގައި އެކުދިން ވަނީ ކެއަރ ސޮސައިޓީއާއި ހަވާލުކޮށްފައެވެ.

މި ފައިސާ ކެއަރ ސޮސައިޓީއާއި ހަވާލުކޮށްދެއްވީ ދުވުމުގައި ބައިވެރިވި ކުދިންނާއި ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީއެވެ.


މި ފައިސާގެ އިތުރުން ދުވުމުގައި ބައިވެރިވުމަށް ޓީއެފްޖީގައި ރަޖިސްޓްރީ ކުރި ކުދިންގެ ރެޖިސްޓްރޭޝަން ފީގެ 15 އިންސައްތަ ގެ ގޮތުގައި ލިބުނު 30،150 ރުފިޔާވެސް ޓީއެފްޖީއިން ވަނީ ކެއަރ ސޮސައިޓީއަށް ހަދިޔާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.