ފޯސީޒަން ބ. އަތޮޅުގައި ހިންގަމުން އަންނަ ލަނޑާގިރާވަރު ރިސޯޓްގައި ޑީޕް ފްލައިޓް ސަބްމެރިން ހިދުމަތް ދޭން ފަށައިފި އެވެ.
ކުދި ސަބްމެރިން އުފެއްދުމަށް މަޝްހޫރު އޯޝަން ގްރޫޕް ކުންފުނިން އެ ރިސޯޓްގަިއ މި ހިދުމަތް ދޭން ފަށާފައިވަނީ މިދިޔަ ބުރާސްފަތު ދުވަހު އެވެ.
އޯޝަން ގްރޫޕް ކުންފުނީގެ ޑީޕް ފްލައިޓް ސުޕަ ތްރީއެސް ނަން ދީފައިވާ، މި ސަބްމެރިންގައި އެއްފަހަރާ ދަތުރު ކުރެވޭނީ ތިން މީހުންނަށެވެ.
އެ ރިސޯޓުން ބުނެފައިވާ ގޮތުގައި ޕްރޮފެޝަލް ޕައިލޮޓަކާއެކު ފެށި މި ހިދުމަތުގެ ސަބަބުން ޓޫރިސްޓުންނަށް ނުތެމި ރާއްޖޭގެ ކަނޑުގެ ރީތި މަންޒަރުތައް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން ޑީޕްފްލައިޓް ސަބްމެރިން ކަނޑުގެ 120 މީޓަރުގެ އަޑި އަށް ދެވޭނެ ކަމަށް އެ ރިސޯޓުން ބުނެފައިވެ އެވެ.
އޯޝަން ގުރޫޕުން އުފައްދާފައިވާ މި ސަބްމެރިން އަކީ ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް އުފައްދާފައިވާ އަދި ބެޓެރި އަކުން އޮޕަރޭޓް ކުރާ ގޮތަށް ތައްޔާރުކޮށްފައިވާ ސަބްމެރިން އެކެވެ.