ފައިބާ އިންޓަނެޓާއި ޓީވީގެ ޚިދުމަތް ދިރާގުން ކުޑަހުވަދު އަށް ތައާރަފްކޮށްފި

ދިރާގުން ކުޑަހުވަދޫ އަށް ފައިބާ އިންޓަނެޓާއި ޓީވީގެ ޚިދުމަތް ތައާރަފް ކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބާގެ ހިދުމަތް ދ. ކުޑަހުވަދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.

ދިރާގުން ފޯރުކޮށްދޭ ދިރާގު ޓީވީ އަދި ފައިބަރ ބްރޯޑްބޭންޑް އިންޓަނެޓް ގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހިންގޭ ޕްރޮގްރާމްގެ ދަށުން، މިއަހަރުގެ މިހާތަނަށް 17 ރަށަކަށް ވަނީ މި ހިދުމަތްތައް ތަޢާރަފް ކޮށްފައެވެ.

މި ދެ ހިދުމަތް ތައާރަފްކުރުމުގެ ގޮތުން މި ރަށުގައި ވެސް ދިރާގުން ވަނީ ކުލަގަދަ ހަފްލާއެއް ބާއްވާފައި އެވެ. އެގޮތުން މި ހަފުލާތަކަށް ވަޑައިގެންނެވި ކަސްޓަމަރުންގެ މެދުގައި ވަނީ ލަކީ ޑްރޯއެއް ބާއްވާ، ގުރުއަތުން ހޮވުނު އެއް ފަރާތަކަށް 55 އިންޗީގެ ޓީވީ އަކާއި އަދި 3 މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ވަނީ ދީފައިއެވެ. މީގެ އިތުރުން ގުރުއަތުން ހޮވުނު އިތުރު 4 ފަރާތަކަށް ވެސް 3 މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަންވަނީ ދީފައިއެވެ.

އަދި މީގެ އިތުރުން މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ ގަދަ 6 އަކަށް ހޮވުނު ޝަހުދާންގެ ލަވަ ހުށައެޅުންވެސް ވަނީ ފެނިގެންގޮސްފަ އެވެ.

މި ދެ ހިދުމަތް ތައަރަފްކޮށްދިނުމުގެ ގޮތުން މި ރަށުގައިވަނީ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. މި ޕްރޮމޯޝަނުގެ ދަށުން ފައިބަރ އަދި ދިރާގު ޓީވީ ގެ ހިދުމަތް އެއްވެސް އަގަކާނުލައި ގުޅައި ދިނުމުގެ އިތުރުން ދިރާގު ޓީވީ ބެލުމަށްބޭނުންވާ ޖޯއިބޮސް ހިލޭ ލިބިގެންދާނެއެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދ. ކުޑަހުވަދޫގައި މިގާއިމު ކުރެވުނު ފައިބަރގެ ހިދުމަތް މެދުވެރިކޮށް ދިރާގުޓީވީ ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.

ދިރާގުން ކުޑަހުވަދޫ އަށް ފައިބާ އިންޓަނެޓާއި ޓީވީގެ ޚިދުމަތް ތައާރަފް ކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

މާލެއާއި އަތޮޅުތެރޭގައި ފޯރުކޮށްދޭ ހިދުމަތުގައި އެއްވެސް ތަފާތުކުރުމެއްނެތި ހަރަދުކުޑަކޮށް ދިރާގުޓީވީގެ އިންޓްރޯޑަކްޓަރީ ޕެކްޖްގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެއެވެ. މިގޮތުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި ޑިޒްނީ ގެ ޗެނެލްތަކުން ފެށިގެން ގޮސް ހަބަރާއި މުނިފޫހިފިލުވުން އަދި އެންމެ ފަހުގެ ހިންދީ އަދި އިނގިރޭސި ފިލްމާ މިއުޒިކް ޗެނެލްތައް ހިމެނެއެވެ. ދިރާގުގެ އިންޓްރޯޑަކްޓަރީ ޕެކެޖްގެ އަގަކީ 300 ރުފިޔާއެވެ.

ދިރާގު ޓީވީ އަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ޒަރީއާއިން ޖޯއިބޮކްސް ނުވަތަ ސެޓްޓޮޕް ބޮކްސް މެދުވެރިކޮށް ހޯދާ ހިދުމަތަކަށް ވިޔަސް ދިރާގު ޓީވީ ބަލާކަށް އިންޓަނެޓްގެ އިތުރު ހަރަދެއް ނުހިނގުމުގެ އިތުރުން އިންޓަނެޓްގެ ޑައުންލޯޑް ލިމިޓް (ޔޫސޭޖް އެލަވަންސަކަށް) އަސަރެއްނުކުރާނެއެވެ. ދިރާގު ޓީވީމެދުވެރިކޮށް އެންމެ ފަހުގެ ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނެލްތައް ބަލާލެވޭނެއެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.

ދިރާގުގެ ފައިބަރ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 42 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކުންލިބެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.