އުރީދޫގެ ހިއްސާއަކަށް 3.20 ރުފިޔާ ބަހަނީ

އުރީދޫ އަހަރީ އަންމު ޖަލްސާގެ ދެވަނަ ޖަލްސާގެ ތެރެއިން — ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫގެ ހިއްސާއަކަށް 3.20ރ ބަހަން އަހަރީ ޖަލްސާގައި ފާސްކޮށްފި އެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި އަހަރީ ޖަލްސާގައި އެކުންފުންޏަށް ފާއިތުވި އަހަރު ލިބުނު 580.4 މިލިޔަން ރުފިޔާގެ ތެރެއިން 85 ޕަސެންޓް ހިއްސާދާރުންގެ މެދުގައި ބެހުމަށް ވަނީ ނިންމާފައެވެ.

އުރީދޫން އާންމުންނަށް ހިއްސާ ވިއްކުމާ އެކު، އެ ކުންފުނީގެ ހިއްސާގެ 9.5 ޕަސެންޓް އާންމުންނަށް ބެހިގެންދާއިރު ބާކީ 90.5 ޕަސެންޓަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާ އެވެ.

ރޭގެ ޖަލްސާގައި ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ އިނާޔަތްތަކަށް ވެސް ބަދަލު ގެނެސްފަ އެވެ. އެގޮތުން، ދެން ބާއްވާ ބޯޑުގެ ކޮންމެ ބައްދަލުވުމެއްގައި ބައިވެރިވާ ކޮންމެ ޑިރެކްޓަރަކަށް 30،000ރ. ގެ ސިޓިން ފީއެއް ލިބޭ ގޮތަށް މިރޭ ވަނީ ފާސްކޮށްފަ އެވެ. އަދި މަހު ފީގެ ގޮތުން ކޮންމެ ޑިރެކްޓަރަކަށް 2،000ރ. ލިބޭނެ އެވެ.

އޮޑިޓަރުންގެ ގޮތުގައި މި އަހަރު ވެސް އުރީދޫން ހަމަޖެއްސީ މިދިޔަ އަހަރު ވެސް އެ ކުންފުނި އޮޑިޓް ކުރި ކޭޕީއެމްޖީ އެވެ. އުރީދޫ އޮޑިޓް ކުރުމުގެ ފީގެ ގޮތުގައި ކޭޕީއެމްޖީން މި އަހަރު ނަގާނީ 35،750 ޑޮލަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.