އުރީދޫން އާ ޕޯސްޓްޕެއިޑް ކެމްޕޭނެއް ފަށައިފި

އުރީދޫ އިން އަލަށް ތައާރަފްކޮށްފައިވާ ޕޯސްޓްޕެއިޑް ޕްލޭންތައް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ލިބިގެންދާ ގިނަގުނަ ތަފާތު ފައިދާތައް ދައްކުވައިދޭ ޚާއްޞަ ކެމްޕެއިންއެއް އެކުންފުނިން މިއަދު ފަށައިފި އެވެ.

އުރީދޫން ބުނިގޮތުގައި ފަހުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކާއެކު، ހެޔޮ އަގުތަކުގައި، މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދެއެވެ. އެގޮތުން، އުރީދޫ ޕޯސްޕެއިޑް ކަސްޓަމަރުންނަށް، މުޅި ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ހަމައެކަނި 4G+ ނެޓްވާކްގައި ބޭނުންކުރުމަށް، އަންލިމިޓެޑް ކޯލް، އެސްއެމްއެސް އަދި ޑޭޓާވެސް ލިބިގެންދާނެ ކަމަށް އެ ކުންފުން ބުންޏެވެ.

“އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ ކަސްޓަމަރުންނަށް ޚިދުމަތް ބޭނުންކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް. އުރީދޫގެ ފަހުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކަކީ ރާއްޖޭގައި އެންމެ ފުރިހަމަ ޕެކޭޖްތައް. މިޕެކޭޖްތަކަކީ އެންމެހާ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭނެފަދައިން ތައްޔާރުކުރެވިފައިވާ، އަންލިމިޓެޑްކޮށް ގުޅާ އަދި އެސްއެމްއެސްކޮށްލެވޭ އަދި އެންމެ ބޮޑު ޑޭޓާ އެލަވެންސްތައް ހިމެނޭނެ ޕެކޭޖްތައް. މީގެ އިތުރުން މިޕެކޭޖްތައް ނެންގެވުމުން އެތަކެއް އިތުރު ފައިދާތަކެއް އެކުލެވިގެންވޭ. އޭގެ ތެރޭގައި އެންމެ ފަހުގެ ފޯނުތައް އިންސްޓޯލްމެންޓް ސްކީމްގެ ދަށުން ކަސްޓަމަރުންނަށް ލިބުން، ޕެކޭޖް ނެންގެވުމުން ލައިފް އިންޝުއަރެންސް ލިބުން، އަދި ރާއްޖޭގެ މަޤްބޫލް އައުޓްލެޓްތަކާއި އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ވަރަށް ފުރިހަމަ ޑިސްކައުންޓްތައް ލިބުން ފަދަ ގިނަ ފައިދާތަކެއް ހިމެނޭ.” އުރީދޫގެ މެނޭޖަރ ޕޯސްޓްޕެއިޑް ބިޒްނަސް، ދިޔާނާ އަފީފް ވިދާޅުވި އެވެ.

މީގެ އިތުރުން އުރީދޫގެ އައު ޕޯސްޓްޕެއިޑް ޕްލޭންތައް ބޭނުންކުރައްވާ ބޭފުޅުންނަށް، އެންމެ މަގްބޫލު ސްމާޓްފޯނުތައް ޚިޔާރުކުރުމަށް ވަރަށް ފުރިހަމަ އިންސްޓޯލްމަންޓް އޮފާ ތަކެއްވެސް ވަނީ ހުޅުވާލައިފަ އެވެ. މީގެ ތެރޭގައި އެންމެ ފަހުގެ ސްމާޓްފޯނުތަކުން ފެށިގެންގޮސް، މަހަކު އެންމެ 100ރ. އަށް ބައްލަވައިގަނެވޭ އަގުހެޔޮ ސްމާޓްފޯނުތައްވެސް ހިމެނެއެވެ.

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ކްލަބް ޕްރިމިއަރ މެދުވެރިކޮށްވެސް ވަރަށް ޚާއްޞަ، އަދި ފައިދާތަކުން ފުރިގެންވާ ޚިދުމަތްތަކެއް ފޯރުކޮށްދެވެއެވެ.

މީގެތެރޭގައި:
• ލައިފް އިންޝުއަރެންސް: މުޅިން އަލަށް ތައާރަފްކޮށްފައިވާ މި ޚިދުމަތް ކަސްޓަމަރުންނާއި ހަމައަށް މިމަސްތެރޭގައި ގެނެސްދިނުމަށް، އެލައިޑް އިންޝިއުރަންސް އާއި އެކު އުރީދޫ އިން ދަނީ ވަރަށް ގާތުން މަސައްކަތްކުރަމުން.
• ޕްރައޯރިޓީ ޕާސް މެމްބަރޝިޕް: ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ 1000 އަށް ވުރެ ގިނަ އެއާޕޯޓު ލައުޖުތަކަށް އެކްސެސް މުޅިން ހިލޭ ލިބިގެންދޭ
• ކްލަބް ޕްރިމިއާ ލައުންޖުގެ ޚިދުމަތް
• ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚާއްސަ ހެލްޕްލައިން އެއް
• އުރީދޫގެ ޕްރޮމޯޝަންތައް އަދި ޚިދުމަތްތަކުން، ވަކިން ޚާއްޞަ އޮފަރތައް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.