އެމެރިކާގެ ޓެކްސަސް ސްޓޭޓްގެ ސޭން އެންޓޯނިއޯ ސަހަރުގައި ދެ ބޯ ލީ ކަހަނބެއް އުފަންވެއްޖެއެވެ.
ތެލްމާ އަދި ލުއީގެ ނަން ދީފައިވާ މި ކަހަނބު ވިހެއީ މި މަހު 18 ގައެވެ. ސެން އެންޓޯނިއޯގެ ޒުލުގައި އުފަންވި މި ކަހަނބު މާދަމާ އެ ޒުލުގެ ފްރައިޑްރިޗް ނަމަކަށް ކިޔާ މަސް ޓޭންކެއްގައި ދައްކާލަން ހަމަޖެހިފައިވެއެވެ.
ޒުލުގެ ތަރުޖަމާނު ޑެބީ ރިއޯސް-ވޭންސްކައިކް ބުނީ މި ކަހަނބުގެ ސިއްހަތު ރަނގަޅު ކަމަށާއި ރަނގަޅަށް ހިނގާށާއި ފަތާ ކަމަށެވެ. އަދި ކަހަނބުގެ ސިއްހަތަށް އެއްވެސް ނުރައްކަލެއް ނުފެންނަ ކަމަށް ޒުލުގެ ތަޖުރިބާކާރުން ބުނާ ކަމަށް ޑެބީ ބުންޏެވެ.
ކަހަނބަކީ “ރެޕްޓައިލް” އާއިލާގެ ޖަނަވާރެކެވެ. މި ޒުލުގައި މީގެ ކުރިން ވެސް ދެ ބޯ ލީ ރެޕްޓައިލެއް އޮތެވެ. އެއީ ޖޭނަސް ނަމަކަށް ކިޔާ ހަރުފައެކެވެ. 1978 އިން ފެށިގެން އެ ޒުލުގައި އޮތް “ރެޓް ސްނޭކް” ބާވަތުގެ މި ދެ ބޯ ލީ ހަރުފަ މަރުވެފައިވަނީ 1995 ގައެވެ.