އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް އޭދަފުއްޓަށް

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އޭދަފުށީގައި ތައާރަފް ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އީޓީފޮޓޯ/ތޯރިގް

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ބ. އޭދަފުށީގައި މިއަދު ތައާރަފްކޮށްފި އެވެ.

މުއާސަލާތީ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ ކުންފުނިން ބުނީ މި ރަށަށް ސުޕަނެޓް ތައާރަފްކުރުމާ ގުޅިގެން ހާއްސަ އޮފައެއް ދަށުން އަންނަ ޖުލައިމަހުގެ 7ގެ ކުރިން ހިދުމަތް ހޯދާ ފަރާތްތަކަށް އެއް އަހަރުގެ މަހުފީން 30 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އޭގެ އިތުރުން ސުޕަނެޓްގެ ހިދުމަތް ދިނުމަށް އެއްވެސް ކަނެކްޝަން ފީ އެއް ނުނަގާނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އޭދަފުށީގައި ތައާރަފް ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އީޓީފޮޓޯ/ތޯރިގް

“ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ޚިދުމަތާއި އެކު، އިޤްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނުވަދޭ އެތަކެއް ބައިނަލްއަޤްވާމީ ވަސީލަތްތަކާއި އާންމުން ގުޅުވާދެވޭ. އެހެންކަމުން، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ، އަޅުގަނޑުމެން ނުހަނު އަޙަމިއްޔަތުކަންދޭ ކަމެއް. މި މަސައްކަތުގެ ދަށުން، އޭދަފުއްޓަށް ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކޮށް، އިންޓަނެޓްގެ ޚިދުމަތް އިތުރު ފުރިހަމަކަމާއި އެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އޭދަފުށީގައި ތައާރަފް ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އީޓީފޮޓޯ/ތޯރިގް

އެ ކުންފުނިން 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުތަކާއެކު ދޭ އިންޓަނެޓް ކަސްޓަމަރުންގެ އެކިއެކި ބޭނުންތައް ކުރެވޭ ގޮތަށް ޑިޒައިންކޮށްފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖް އުރީދޫން ތައާރަފްކޮށްފައިވެ އެވެ. އަދި އެ ހިދުމަތާ އެކު މިރަށުގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

އެ ކުންފުނިން ވަނީ ސުޕަނެޓްގެ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުން، އެއް އަހަރުގެ އިންސްޓޯލްމަންޓް ޕްލޭނަކާއެކު ސުޕަނެޓްގެ ރައުޓަރު ގަތުމުގެ ފުރުސަތު ދީފަ އެވެ.

އޭދަފުއްޓަށް ސުޕަނެޓްގެ ހިދުމަތް ފުޅާކުރުމުގައި، އުރީދޫގެ އިންފްރާސްޓްރަކްޗަ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ އޭދަފުށީ ކޭބަލް ނެޓްވޯކް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.