“ތިޔަ ލޯތްބާ ދުރަށް” ބުރާސްފަތި ދުވަހުގޭ ރޭ އޭދަފުށީގައި

އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޭދަފުށީގައި ދެއްކުމަށް ނިންމާފައިވާ، ޓެކްނޯ މީޑިއާގެ ފިލްމް “ތިޔަ ލޯތްބާ ދުރަށް” ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

ފިލްމު އެޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކްލަބް ދަ ބިގިނާސް (ޓީބީ) އިން ބުނީ ފިލްމްގެ ޓިކެޓް ބުކްކޮށް ދެމުން ވިއްކަމުން އަންނަ ކަމަށެވެ. މި ފިލްމުގެ އޮންނާނީ އެންމެ ޝޯ އެކެވެ.

ވާހަކަ ލިޔުންތެރިޔާ މަރިޔަމް (މަރީ) ގެ އަމިއްލަ ލޯބީގެ އަސަރުގަދަ ވާހަކައަކަށް ހަދާފައިވާ ފިލްމްގެ ޓިކެޓް ވިއްކަނީ 100ރ. އަށެވެ. ގުޅަން ޖެހޭ ހޮޓްލައިނަކީ 7904426 އެވެ.

ސްރީ ލަންކާގައި ޝޫޓްކޮށްފައިވާ މި ފިލްމުގައި ލީޑް ރޯލް ކުޅެފައި ވަނީ އަހުމަދު (އަޒޭ) އަޒްމީލާއި މަލީހާ (މަލް) ވަހީދުގެ އިތުރުން ލަންކާގެ ބަތަލާ އުދޭނީ އެވެ. ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި އިބްރާހީމް (ޓޮމް) އަމަން އާއި އޭނާގެ މަރިޔަމް ޝަހްޒާ، ސުޖީތާ (ސުޖީ) އަބްދުﷲ އަދި އާރިފާ އިބްރާހީމް ފަދަ ތަރިން ހިމެނެ އެވެ.

“ތިޔަ ލޯތްބާ ދުރަށް” ގެ އެންމެ ހާއްސަ އެއް ކަމަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒް ކުރިން ކިޔާފައިވާ އޮތް ވަރަށް މަގުބޫލު ދެ ލަވައެއް ވެސް ފިލްމްގައި ހިމެނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.