ފަސްމުގޫއިން ފިޔާ، އަލުވި އަދި ބިހުގެ އަގު ވައްޓާލައިފި

އަންނަ ރަމަޟާންމަހާ ދިމާކޮށް ބ. އަތޮޅުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި “ފަސްމުގޫ” ގްރޫޕުން ހިިންގާ ފަސްމުގޫ ފިހާރައިން ފިޔާ، އަލުވި އަދި ބިހުގެ އަގު ވައްޓާލައި، މާކެޓް ކޮންޓްރޯލް ހޯދައިފިއެވެ.

ސަރުކާރު ކުންފުނި އެސްޓީއޯއިންވެސް މިއަދު އޭދަފުށީގައި ފިޔާ، އަލުވި، ބިސް ވިއްކަން ފަށާފައިވީ ނަމަވެސް ފަސްމުގޫގެ އަގު އެސްޓީއޯގެ އަގަށްވުރެ ކޮންމެ ބަސްތާއަކުން އަދި ބިސްކޭހަކުން 5 ރުފިޔާ ވަނީ ހެޔޮ ކޮށްފައެވެ. ފަސްމުގޫއިން މިތަކެތި ވިއްކަން ފެށީ އިއްޔެ އެވެ.

ފަސްމުގޫ އިން ބިސް ކޭހެއް 265ރ. އަށް ވިއްކާއިރު، ފިޔާ ބަސްތާއެއް ވިއްކަނީ 165ރ އަށެވެ.

ސަރުކާރުގެ މައި ކުންފުނި އެސްޓީއޯ އޭދަފުށީ ބްރާންޗުގައި މި ވަގުތު އެ ބާވަތްތައް ލިބެން ހުރި އަގުތަކަށް ވުރެ ހެޔޮކޮށް ފަސްމުގޫ ގައި ވިއްކަމުން އަންނަ އިރު، ރޯދަމަސް ނިމެންދެން ހުސްނުވެ އެތަކެތި ލިބެން ހުންނާނެ ކަމަށް ފަސްމުގޫ ގްރޫޕްގެ އޮފިޝަލް ބޮޑު ހުސެއިން ވިދާޅުވި އެވެ.

“މި އަހަރު ވެސް ފިޔާ، އަލުވި އަދި ބިސް މި ވިއްކާނީ ބާޒާރުގައި ހުރި އެންމެ ހެޔޮ އަގުގައި، އަނެއްކާ އަޅުގަނޑުމެން މި ވިއްކަނީ ރީތި ފިޔާ ބަސްތާއާ، ސާފުކުރި ބިސްކޭސް. އެއްވެސް ޑެމޭޖެއް ނުހުންނާނެ. އެއީ ތަފާތަކީ،” ހުސެއިން ވިދާޅުވި އެވެ.

އިސްމާއީލް ވިދާޅުވީ ރޯދަމަސް ނިމެންދެން ފިޔާ، އަލުވި އަދި ބިސް މެދުނުކެނޑި ގެންނާނެކަމަށާ، އިތުރު ޝިޕްމަންޓްތަކަށް މިހާރު އޯޑަރުވެސް ދީފައިވާކަމަށެވެ. އޭނާ ބުނީ އަގުތައް މައްޗަށް ނުދާނެގޮތަކަށް މިރޯދަމަހު ވެސް ފިޔާ، އަލުވި ބިސް އެތެރެކުރާނެ ކަމަށެވެ.
އަޅުގަނޑުމެން އަގުބަލަނީ މާކެޓަކުން ނޫން. ލިބޭ އަގުން ރައްޔިތުމީހާއަށް އެންމެ ހެޔޮކޮށް ވިއްކޭ އަގެއް ފަސްމުގޫ ބަލާނީ،

ފަސްމުގޫ އިން ވަނީ ފިޔާ، އަލުވި އަދި ބިހުގެ އިތުރުން، ގެރި ކިރު ދަޅާއި، މަސް ދަޅާއި، ސަންފްލާވާ އަދި ކޯން އޮއިލް ވެސް ރޯދައަށް ހާއްސަކޮށްގެން ގެނެސްފަ އެވެ. ފަސްމުގޫ ގްރޫޕުން ރޯދައާއި ދިމާކޮށް “ފަސްމުގޫ ރޯދަ ސޭލް” ގެ ނަމުގައި ވަރަށް ހާއްސަ ސޭލެއްވެސް މިހާރު ކުރިއަށް އެބަ ގެންދެ އެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. ބިސް ވިއްކާ މީހާ

    މީއެސްޓީއޯގެ ބޭނުން. ޢަގުތައް މައްޗަށް ދިޔަނުދީ ހިފެއްޓުން. މިފަދަ ވިޔަފާރި ކުރާ ފަރާތްތައް އުޅޭ ކަމަށް ވަންޏާ އެސްޓީއޯއިން މިކަން ކުރާކަށް ނުޖެހޭ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.