ގަސްގަހާގެހި ހިސާބު ހަދާ ކަމަށް ސައިންސްވެރިން ބުނެފިއެވެ. ނަމަވެސް އެއީ އަހަރެމެން އިންސާނުންހެން އެކަމާ ވިސްނާ ފިކުރުކޮށްގެނެއް ނޫނެވެ.
މިގޮތަށް ހިސާބު ހެދުމަކީ ގަސްގަހާގެހީގެ “ހަށިގަނޑުގެ” އެތެރޭގައިވާ ނިޒާމެކެވެ. ބޭނުމަކީ ރޭގަނޑު ހަށިގަނޑުގެ ތެރޭގައި ކާނާ ހިފެހެއްޓުމެވެ.
ގަސްގަހާގެހި ކާނާ އުފައްދަނީ އަމިއްލަ ހަށިންނެވެ. އެއީ ދުވާލު ގަޑީގައި އިރުގެ އަލި ބޭނުން ކޮށްގެން “ފޮޓޯސިންތެސިސް” ކިޔާ ކެމިކަލް ނިޒާމަކުންނެވެ. މި ނިޒާމުން އުފައްދާ ހަކަތަ އުފައްދައިދޭ “ހަކުރު” ނުވަތަ “ސްޓާޗް” ހަށިގަނޑުގައި ރައްކާކުރެ އެވެ. އަދި ރޭގަނޑު މި ސްޓާޗްތައް ހަށިގަނޑުން ބޭރުވިޔަ ނުދީ ހިފަހައްޓާ ރޭޓް ކަނޑައަޅަނީ މި ދެންނެވި ހަށިގަނޑުގެ އެތެރޭގައިވާ ހިސާބު ހެދުމުގެ ނިޒާމުންނެވެ.
ނޯޓް: މިއީ ބީބީސީގައިވާ ރިޕޯޓަކުން ނެގި މައުލޫމާތެވެ.
.