ދޮންފަނުގަ އާއި ކިހާދޫގައި އަލަށް އިމާރާތް ކުރި މިސްކިތް ހުޅުވައިފި

ދޮންފަނުގައި އަލަށް އިމާރާތްކުރި މިސްކިތް. ފޮޓޯ/އިސްލާމިކް މިނިސްޓްރީ

ދައުލަތުގެ ބަޖެޓް ޚަރަދުކޮށްގެން ބ. ދޮންފަނު އަދި ކިހާދޫގައި އަލަށް އިމާރާތް ކުރި މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މި ދެ މިސްކިތް ވެސް ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝައިޚް އިބްރާޙިމް އަޙްމަދު އަދި އަލްއުސްތާޛު އަބްދުލް ޣަފޫރު އަޙްމަދު ބ އަދި ރ އަތޮޅަށް ކުރައްވާ ޚާއްސަ ދަތުރުފުޅެއްގައި މިއަދު ދޮންފަނަށާއި ކިހާދޫއަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ދޮންފަނުގައި ބިނާ ކުރި މަސްޖިދުލް ހިދާޔަތު މިސްކިތަކީ 500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ވަރުގެ ބޮޑު މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި ކިހާދުގައި އަލަށް ބިނާ ކުރި މަސްޖިދުލް ތަޢާވުން މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި އެ ދެ ބޭފުޅުންގެ ދަތުރުފުޅަކީ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދުގެ ޙާއްޞަ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން މިސްކިތްތަކުގެ ހާލަތު ބެއްލުވުމަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.