ރޯދަމަހު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުން އެއްދަންފަޅި އަށް

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މި ރޯދަމަހު ކިޔަވައިދޭނީ އެއްދަންފަޅި އަށް ކަމަށް އެ ސްކޫލުން ބުނެފި އެވެ.

އެ ސްކޫލުން ބުނީ ރޯދަމަހު އެއްދަންފަޅި ކިޔެވުން ބަދަލު ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ.

ސްކޫލުން ބުނީ ރޯދަމަހު އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ތަޖުރިބާއަށް ބަލާފައި ދެވަނަ ޓާމުން ފެށިގެން އެއް ދަންފަޅިއަށް ކިޔެވުން ބަދަލުކުރުމަށް ވިސްނަމުންދާ ކަމަށެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރަށް އެއް ދަންފަޅިއަށް ބަދަލުކުރުމަށް މަސައްކަތްކުރި ނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ އެއް ދަންފަޅިއަށް ކިޔެވުން ފެށޭ ގޮތް ވަނީ ނުވެފައެވެ.

ރޯދަމަހު ސްކޫލުގައި އެއް ސެޝަން ކިޔަވައިދޭނީ ހެނދުނު 8:50 އިން 11:50 އަށެވެ.

ސްކޫލުގެ ކިޔެވުމުގެ ދަންފަޅިތައް ރޯދަ މަހަށް ރާވާއިރު، ވަގުތަށް ނަމާދު ކުރެވޭނެ ގޮތަށް ހަމަޖެއްސުމާއި ދަރިވަރުންނަށް ދީނީ މައުލޫމާތު ދިނުން އަދި މަޣްރިބް ނަމާދާއި އިޝާ ނަމާދާ ދެމެދު، ސްކޫލުތަކުގައި އެއްވެސް ހަރަކާތެއް ނުހިންގަން އެޑިއުކޭޝަނުން ވަނީ އެދިފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން ނަމަ މި އަހަރުގެ ރޯދަ މަަސް އަންނަ ބުދަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.