ސަލީމް މިއަހަރުވެސް އޭދަފުށީ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ހަދިޔާކޮށްފި

ރޯދަމަހާ ދިމާކޮށް ރައްޔިތުންނަށް އެހީވުމަށް އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމް (ރެޑްވެވް ސަލީމް) އޭދަފުށީ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ހަދިޔާކޮށްފި އެވެ.

ސަލީމް ވަނީ މިދިޔަ އަހަރުވެސް އޭދަފުށީގެ ގޭގެ އަށް ކާޑުގެ ބާވަތްތައް ހަދިޔާކޮށްފައެވެ.

ސަލީމުގެ މަންމަ އައިޝަތު އަލީގެ ސީދާ ބެލުމުގެ ދަށުން ގޭގެ އަށް ކާޑުގެ ބާވަތްތައް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން ވަނީ ހަދިޔާ ކުރަން ފަށައިފަ އެވެ. އެގޮތުން ކޮންމެ ތިންގެ އަކަށް ބަސްތާއެއްގެ މަގުން ހަނޑުލާއި ހަކުރު އަދި ފުއް ވަނީ ހަދިޔާކޮށްފަ އެވެ.

އައިޝަތު އަލީ ބުނީ އޭދަފުށީ މީހުން ނޫން ނަމަވެސް ކޮންމެ ރަށެއްގެ މީހަކު އައި ކަމުގައި ވިޔަސް ކާޑު ދޫކުރާނެ ކަމަށެވެ. އަދި ރޯދަމަހަށް ޚާއްސަކޮށްގެން ދަރިންގެ ފަރާތުން މިކަހަލަ ކަމެއް ކުރުމަކީ ވަރަށް އުފާ ކުރާ ކަމެއްކަމަށް ވެސް އޭނާ ބުންޏެވެ.

“ސަލީމު އަންގާފައި އޮތީ އައިހާ ބަޔަކަށް ދޫކުރަން. ވަކި ރަށަކަށް ވަކި މީހަކަށްވެސް ބަލަން ބޭނުންނުވާކަމަށް. މިހާރު ގިނަ ބަޔަކު ވަނީ މި އިނާޔަތް ލިބިގެންފައި،”

ސަލީމުގެ މަންމަ ބުނިގޮތުގައި މި ރަމަޟާން މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކާޑު ދޫކުރުން މެދު ކެޑުމެއްނެތި ކުރިއަށް ދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.