ސަލްސާ ރީޓްރީޓްގައި ރޯދަ މެނޫއާއެކު އަގުބޮޑު އިނާމްތަކެއް!

އޭދަފުށީގައި ހުރި އެންމެ ހިތްގައިމު އެއް ރެސްޓޯރަންޓް ކަމަށްވާ ސަލްސާ ރިޓްރީޓް ރެސްޓޯރަންޓްގައި ރަމަޟާން މަހަށް ޚާއްސަކޮށްގެން އަގުބޮޑު އިނާމުތަކާއެކު ރޯދަވީއްލުމުގެ ޚާއްސަ ޕެކޭޖެއް ތައާރަފު ކޮށްފި އެވެ.

ސަލްސާ ރިޓްރީޓުން މި ރޯދަ މަހަށް ނެރެފައި ވަނީ އެންމެ ގިނަ ވައްތަރުތައް ހިމެނޭ އެއް މެނޫ އެވެ. ރޯދަ ވީއްލަން އެންމެ ގިނަ މީހުން ބޭނުން ވާނެ ތަފާތު ވައްތަރުތައް ހިމަނާފައިވެ އެވެ. އެ ގޮތުން، އާއްމުކޮށް ރޯދަ ވީއްލަން ބޭނުން ކުރާ ދިވެހި ކެއުންތައް ކަމަށްވާ ރޮށްޓާއި ތަފާތު ވައްތަރުތަކުގެ ހެދިކާ ވެސް ހިމަނާފައިވެ އެވެ.

“ސަލްސާރީޓްރީޓް ‘ގެ ރޯދަ މެނޫގެ ޚައްސަ ކަމަކީ ކޮންމެ ދުވަހަކު އެއް މެނޫއެއްގެ ބަދަލުގައި އޮންނަނީ ކޮންމެ ދެ ދުވަހަކުން ބަދަލުވާ މެނޫއެކެވެ.

އެހެން ރެސްޓޯރަންޓްތަކާއި ކެފޭތަކާ ހިލާފަށް ސަލްސާ ރިޓްރީޓް އިން ރޯދަ ވީއްލައިގެން ލަކީޑްރޯގައި ބައިވެރިވެ އަގުބޮޑު އިނާމުތަކެއް ލިބުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އެގޮތުން ސަލްސާގެ ކޮންމެ ރެސްޓޯރަންޓަކަށް ވެސް ރޯދަ ވީއްލަން ދާ ކޮންމެ މީހަކު ކޫޕަނެއް ފުރާލުމުން އޮޓޮމެޓިކުން ގުރުއަތުގައި ބައިވެރިވެވޭނެ އެވެ.

ސަލްސާގެ ލަކީ ޑްރޯގައި ހިމެނޭ އިނާމްތަކުގެ ތެރޭގައި މޯލްޑިވިއަންގެ ފަރާތުން ދެ މީހަކަށް ޑޮމެސްޓިކް އެއާޕޯޓް ތަކުގެ ތެރެއިން ކޮންމެވެސް އެއް ޑޮމެސްޓިކް ޑެސްޓިނޭޝަނަކަށް ދިއުމުގެ ޓިކެޓާއި، އޮޅުވެލި ބީޗް ރިސޯޓުން ދެ މީހަކަށް ދެ ރޭ ގެ ހުރުމާއި އަދި މުނި ހޯމް ކެއާ އިން ދޭ އުނދޯލީގެ އިތުރުން އެލްމޯބައިލުން ދޭ ގޫގަލް ޕިކްސެލް ފޯނަކާއި ރީފް ސައިޑްގެ ފަރާތުން ހުށަހަޅާފައިވާ މައިކްރޯވޭވް އަވަނެއް ހިމެނެ އެވެ.

ސަލްސާ ރިޓްރީޓުން ރޯދަ ވިއްލަން ބޭނުންވާ ނަމަ 10 މީހުންނަށް ވުރެ ގިނަ އިން ހިމެނޭ ގޮތަށް ބުކިން ހަދައިފި ނަމަ އިތުރު އެކަކަށް ހިލޭ ލިބޭނެ އެވެ.

އަގު: 150 ރުފިޔާ
ބުކިން ހެދުމަށް: 6600060 / 7907041

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.