ބޮޑެތި އިނާމުތަކާއެކު ދިރާގު ރޯދަ ޕްރޮމޯޝަން ފަށައިފި

ދިވެހިރާއްޖޭގައި ޑިޖިޓަލް ހިދުމަތް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން ބޮޑެތި އިނާމުތަކާއި ހިލޭ ލިބޭނެ ތަފާތު ގިނަ ހިދުމަތްތަކާއެކު ދިރާގުގެ ރޯދަ ހަދިޔާއާއި ޕްރޮމޯޝަންތައް މިއަދު އިއުލާން ކޮށްފި އެވެ.

ރަމަޟާންމަހަކީ ހާއްސަ މައްސަރަކަށްވެފައި ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ލުއިފަސޭހަތައް ފޯރުކޮށްދިނުމަށެވެ. މިގޮތުން ޑިޖިޓަލް ސާވިސް ޕްރޮވައިޑަރެއްގެ ހައިސިއްޔަތުން ކުންފުނިން ކުޅޭ އިސްދައުރާ ގުޅުވައިގެން ކަސްޓަމަރުންނަށް ޑިޖިޓަލް އެތައް ހަދިޔާއެއް މިރޯދަމަހު ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން 8 މީހަކަށް ހިލޭ އުމްރާ ދަތުރާއި އަޅުކަމުގެ ކަންކަމަށް މަގުފަހިވާނެ ގޮތަށް ހިލޭ ހިދުމަތްތަކެއްވެސް ތައާރަފްކުރެވިފައިވާނެއެވެ.

ސްޕެޝަލް ރޯދަ ބަންޑްލްސް އާއެކު ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވްސް އަށް އެހީއެއް!

ރޯދަމަހަކީ ކަސްޓަމަރުން ޑޭޓާ އިތުރަށް ބޭނުން ކުރައްވާ މަހެކެވެ. އެހެންކަމުން ރޯދަ މަހަށް ހާއްސަކޮށް ދިރާގު މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް 2 ޑޭޓާ ޕެކެއް ތަޢާރަފް ކޮށްފިއެވެ. މި ޕެކޭޖްތަކުގެ ތެރޭގައި 120 ރުފިޔާ އަށް 1.5 ޖީބީ ޕެކާއި އަދި 250 ރުފިޔާ އަށް 4 ޖީބީ ލިބޭ ޕެކެވެ. ސޯޝަލް މީޑިއާއަކީ ގިނަ ކަސްޓަމަރުން ބޭނުންކުރާ ޕްލެޓްފޯމްތަކަކަށްވާތީވެ މި ހާއްސަ ރޯދަ މަހުގެ ޑޭޓާ ބަންޑަލްތައް އެކެޓިވޭޓް ކުރައްވައިގެން މަޤްބޫލް ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރުން 1 ޖީބީ މުޅިން ހިލޭ ލިބޭނެއެވެ. މީގެ ތެރޭގައި ހިމެނޭ ސޯޝަލް މީޑިއާ އެޕްތަކަކީ ފޭސްބުކް، ވަޓްސްއެޕް، ވައިބަރ، އިންސްޓަގްރާމް އަދި ސްނެޕްޗެޓެވެ. މި ޑޭޓާ ބަންޑަލް އެކްޓިވޭޓް ކުރެއްވުމަށް #8*123* އަށް ގުޅާލައްވާށެ. މި ޑޭޓާ ބަންޑަލް ތަކުގެ މުއްދަތަކީ 30 ދުވަހެވެ.

އަދި ހަމައެއާއެކު ރޯދަ މަހަކީ އެކަކު އަނެކަކަށް އެހީވެ، އެކަކު އަނެކެއްގެ އިހުސާސްތަށް ދެނެގަންނަ މަހެކެވެ. އެހެންކަމުން، ކަސްޓަމަރުން ޑޭޓާ ބައްލަވައިގަތުމަށް ކުރާ ހަރަދުގެ %10 ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވްސް އަށް ހަދިޔާ ކުރެވިގެންދާނެއެވެ. ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވްސް އަކީ ހިތުގެ ބަލިތައް ހުންނަ ކުޑަކުދިންނަށް އެހީވުމަށް މަސައްކަތްކޮށްދޭ އެން ޖީ އޯ އެކެވެ.

ދިރާގުން ހުރިހާ ކަސްޓަމަރުންނަށް އުމްރާ ދަތުރެއް!

އެހެން އަހަރު ތަކެކޭވެސް އެއްފަދައިން، ދިރާގުން ރޯދަ މަހުގެ ކޮންމެ ހަފްތާއަކު ދިރާގުގެ އެކްޓިވް ހުރިހާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ކޮންމެވެސް އެއް ކަސްޓަމަރަކަށް ހުރިހާ ހަރަދަކާއެކު 2 މީހަކަށް އުމްރާ ދަތުރެއް ދިނުމަށްވަނީ ނިންމާފައެވެ. ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރަކަށް ވެފައި މިފަދަ ހަދިޔާއަކީ ދިރާގުގެ ކަސްޓަމަރުންނަށް މި ބަރަކާތްތެރި މައްސަރުގައި އަގުވަޒަންކުރެވޭނެ ފަދަ ހަދިޔާއެކެވެ.

ރޯދަމޮމެންޓްސް – އިންސްޓަގްރާމް ކޮންޓެސްޓް

އިންސްޓަގްރާމަކީ ރާއްޖޭގައި އެންމެ މަގުބޫލު އެއް ސޯޝަލް މީޑިއާ އެޕެވެ. އެހެންކަމުން މިފަހަރު ދިރާގުން އިންސްޓަގްރާމަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ވަނީ ތަޢާރަފްކޮށްފައިއެވެ. މި ޕްރޮމޯޝަނުގައި އިންސްޓަގްރާމްގައި #RoadhaMoments މި ހޭޝްޓެގް ޖެއްސެވުމަށްފަހު ރޯދައިގެ އެކި އެކި މަންޒަރުތައް ހިއްސާކޮށްލައްވައިގެން ކޮންމެ ހަފްތާއެކު ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް ގޯޕްރޯ ހީރޯ 6 ލިބޭނެއެވެ. މި ކޮންޓެސްޓްގައި ބައިވެރިވުމަށް އިންސްޓަގްރާމް އެކައުންޓް ވާންޖެހޭނީ ޕަބްލިކް އެކައުންޓަކަށެވެ.

މީކޯންޗެއް؟ – ޓްވިޓާ ކޮންޓެސްޓް

ޓްވިޓަ އަކީވެސް ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމެކެވެ. އެ ގޮތުން މި އަހަރު ދިވެހި ޓްވިޓާ ކޮމއުނިޓީ އަށް ހާއްސަކޮށްގެން ވަނީ ޓްވިޓާގައި ކޮންޓެސްޓެއް ބާއްވަން ނިންމާފައިއެވެ. މި ކޮންޓެސްޓް ގައި ދިރާގުން ކޮންމެ ރެޔަކު 10 ޖަހާއިރު އަށް ޓްވިޓާގައި މްކްރޯ ފޮޓޯއެއް ޕޯސްޓްކުރާނެއެވެ. ޕޯސްޓް ކުރުމަށްފަހު 10- 12 އަށް، މި ވަގުތު ތެރޭގައި ޓްވިޓާ ކޮމިއުނިޓީ އަށް އެއީ ކޯންޗެއްކަން #Meekoacheh މި ހޭޝްޓެގް ޖައްސަވާފައި ގެސްކުރުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ. މި ކޮންޓެސްގައި ކޮންމެ ހަފްތާއަކު އެންމެ ގިނަ ރަނގަޅު ޖަވާބު ޓްވީޓް ކުރައްފާ ފަރާތަކަށް 5 ބޭފުޅުންގެ ރޯދަ ވީއްލުމެއް ކޮންމެ ހަފްތާއަކު ސީހައުސް ރެސްޓޯރެންޓްގައި ހަދިޔާކުރެވޭނެއެވެ.

ދިވެހިންގެ ރަހަ

މިދިޔަ އަހަރުގެ އެންމެންގެ މަގުބޫލުކަން މުޅި ސޯޝަލް މީޑިއާ އިންވެސް ލިބުނީ ދިރާގުން ހުށައަޅައިދިން “ދިވެހިންގެ ރަހަ” ގެ ނަމުގަ ކުރިއަށް ގެންދިޔަ ތަފާތު ދިވެހި ކެއުންތައް ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީ ވީޑިއޯތަކެވެ. މިދިޔަ އަހަރު ވަނީ މި ވީޑީއޯތަކަށް 240،000 އަށްވުގެ ގިނަ ވިއުސް ލިބިފައިއެވެ. އެހެންކަމުން މިއަހަރުވެސް ރާއްޖޭގެ ތަފާތު މީރު ކެއުންތައް ތައްޔާރު ކުރާނެ ގޮތުގެ ވީޑިއޯތައް ދިރާގުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގައި ފެނިފެންދާނެއެވެ.

ސައުދީ އަށް ގުޅޭ އެންމެ ހެޔޮ އަގު! 019 އައި.ޑީ.ޑީ ޕްރޮމޯޝަން

ރަމަޟާންމަހާ ދިމާކޮށް އެތައްދިވެހިންނެއް އުމްރާވުމަށް ސައުދީއަރަބިއްޔާއަށްދެއެވެ. ދިރާގުން ކޮންމެ އަހަރަކު ރަމަޟާން މަހު ސައުދީ އަރަބިޔާ އަށް ވަރަށް ޚާއްސަ ހެޔޮ އަގެއްގައި ގުޅޭނެ ޕްރޮމޯޝަނެއް ހިންގައެވެ. މިއަހަރުވެސް މި ޕްރޮމޯޝަން ކުރިއަށް ދާނެއެވެ. މި އަހަރުގެ ޕްރޮމޯޝަނުގައިވެސް ބަޖެޓްކޯޑް (019) ޖަހާފަ ނަންބަރު ޖެހުމުން މިނަޓަކަށް އެންމެ 1.88 ރުފިޔާ އަށް ގުޅޭނެއެވެ. މި އޮފާ ކުރިއަށް ދާނީ 16 މޭ 2018 އިންފެށިގެން 17 ޖޫން 2018 ގެ ނިޔަލަށެވެ.

އަޅުކަންތަކަށް ފަސޭހަ މަގެއް

އަގުހުރި އިނާމުތަކެއްގެ އިތުރުން ދިރާގުން ވަނީ މި އަހަރު ވެސް އަޅުކަން އަދާކުރަން ފަސޭހަ ކޮށްދިނުމަށް ވެސް ހިދުމަތްތަކެއް ފޯރުކޮށްދީފައެވެ. އެ ގޮތުން، ޕްރިޕެއިޑް މުދުވެރިކޮށް އެސްއެމްއެސް ކުރައްވައިގެން ޒަކާތް ދެއްކޭނެ މަގު ދިރާގުން ހިލޭ ފަހި ކޮށްދޭނެ އެވެ. މި ހިދުމަތް ހޯދުމަށް ގުޅަން ޖެހެނީ *123*8# އަށެވެ.

މީގެ އިތުރުން، ނަމާދު ވަގުތު ހަނދާން ކޮށްދޭ ހިލޭ ހިދުމަތް މި އަހަރު ވެސް ދިރާގުން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓު ކުރިން އެސްއެމްއެސްއަކުން އެކަން އަންގައިދޭ މި ހިދުމަތް ލިބޭނީ *123*8#އަށް ގުޅާ ސަބްސްކްރައިބް ކުރުމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.