ކުޑަ ކުދިންނަށް ކުރާ އަނިޔާއައި ދެކޮޅަށް ހިތާދޫގައި އިއްޔެ ހިނގާލުމެއް ބާޢްވައިފިއެވެ.
ހިތާދޫ ޕްރީސްކޫލުން އިންތިޒާމް ކޮށްގެން ބޭއްވި މި ހިނގާލުމުގައި ހިތާދޫ ޕްރީސްކޫލުގެ ބެލެނިވެރިންނާއި މުދައްރިސުގެ އިތުރުން ހިތާދޫ ސްކޫލުންނާއި ހިތާދޫ ޔޫތުވިންގ، ހިތާދޫ ސިއްޙީމަރުކަޒު އަދި ހިތާދޫ ކައުންސިލް އިދާރާގެ މުއްޒަފުން ބައިވެރިވިއެވެ.
މިހިނގާލުމުގެ ބައިވެރިން ކުޑަ ކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅު ލިޔުންތަކާއި ބެނާތައް ބޭނުންކޮށް ޝުއޫރު ފާޅުކޮށްފައިވެ އެވެ. މީގެ ތެރޭގައި ކުޑަ ކުދިންނަށް ކުރާ ޖިސްމާނީ އަދި ނަފްސާނީ އަދި ޖިންސީ އަނީޔާ ކުރުން ހުއްޓާލުމަށް ގޮވާލާފައިވެ އެވެ.