އިތުރު ބަޔަކު އޭދަފުއްޓާއި މާލެ އާ ދެމެދު ފެރީ ދަތުރުތައް ފަށަނީ

ޔޫސިފް އެކްސް ޕްރެސް” އަންނަ މަހު 2 ގައި އެ ލޯންޗުގެ ދަތުރުތައް ފަށާނެ

އިތުރު ބަޔަކު އޭދަފުއްޓާ މާލެއާ ދެމެދު ދަތުރުކުރަން ބޭނުންވާ މީހުންނަށް ފެރީ ލޯންޗުގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ދަތުރުތައް އިންތިޒާމުކުރާ އޭދަފުށީ “ޔޫސުފް އެކްސް ޕްރެސް” އިން ބުނި ގޮތުގައި އެ ލޯންޗުގެ ފެރީ ދަތުރުތައް ފަށާނީ އަންނަމަހު ދެވަނަ ދުވަހުން ފެށިގެންނެވެ. ދަތުރުތައް ބާއްވަން ހަމަޖައްސާފައިވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު، އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ. ޓިކެޓް ވިއްކަނީ ކޮޅަކަށް 350 ރުފިޔާ އަށެވެ.

ޔޫސުފް އެކްސްޕްރެސް

ނަމަވެސް މި ދަތުރުތައް ފެށުމުގެ ގޮތުން ދަތުރުތައް ފަށާ ފުރަތަމަ ހަފްތާގައި ޓިކެޓް ވިއްކަނީ ކޮޅަކަށް 330 ރުފިޔާ އަށެވެ.

ޔޫސުފް އެކްސްޕްރެސް އިން ޓިކެޓް ހޯދުމަށް އޭދަފުށިން ނަމަ ގުޅާނީ 9675161 ނުވަތަ 7878084 އާ އެވެ. އަދި މާލެއިންނަމަ ގުޅާނީ 9999025 އާ އެވެ.

ޔޫސުފް އެކްޕްރެސް އިން އޭދަފުއްޓާ މާލެއާ ދެމެދު ފެރީ ދަތުރުތައް ފަށަށް ތައްޔާރުވަމުންދާއިރު ސޭލަމް އާއި އެޓޯލް ކިއުޓް ފެރީ ސާވިސަސް އިން ފެރީ ލޯންޗުގެ ހިދުމަތް އަންނަނީ ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.