ބެއްލާ ވިސްޓާގައި މިފަހަރު ފަސް މެނޫއެއް، ތަފާތު ވާނެ

ބެއްލާ ވިސްޓާގައި މިދިޔަ ރޯދަމަހު ބަޔަކު ރޯދަ ވީއްލަނީ.

އޭދަފުށީގެ ރެސްޓޯރަންޓްރަކުގެ ތެރެއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބެއްލާ ވިސްޓާ ރެސްޓޯރަންޓުން ރޯދަ ވީއްލަން ހާއްސަ ޕެކޭޖްތަކެއް ތައާރަފުކޮށްފި އެވެ.

އެ ތަނުން މި ރޯދަ މަހަށް ވަނީ ފަސް މެނޫއެއް، ތަފާތު އެކި އަގުތަކުގައި ކަސްޓަމަރުންނަށް ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބޮލަކަށް 99ރ. ޗާޖް ކުރާ ޕެކެޖަކާއި ބޮލަކަށް 130ރ. އާއި 180ރ. ގެ އިތުރުން 200ރ. އާއި 250ރ. ގެ ޕެކެޖްތަކެވެ.

ފަސް މެނޫގެ ތަފާތު ބަލާލަން ބޭނުން ނަމަ، އެ ރެސްޓޯރަންގެ ފޭސްބުކް ޕޭޖުން އެކަން ކުރެވޭ ގޮތް އޮތީ ހަދައިފަ އެވެ. ހުރިހާ މެނޫއެއްގައި ވެސް އާއްމުކޮށް ރޯދަ ވީއްލަން ބޭނުން ކުރާ ދިވެހި ކެއުންތައް ކަމަށްވާ ރޮށްޓާއި މަސް ކޮރޮޅި އާއި ހެދިކާ ވެސް ހިމަނާފައިވެ އެވެ.

ބެއްލާ ވިސްޓާ އިން ރޯދަ ވީއްލުން ނަގާ އިރު، 8 މީހުންގެ ގްރޫޕެއްނަމަ އިތުރު މީހަކަށް ހިލޭ ރޯދަވީއްލުން ލިބޭއިރު، 10 މީހުންގެ ގްރޫޕެއްނަމަ އިތުރު ދެ މީހަކަށް ހިލޭ ރޯދަ ވީއްލުން ލިބޭނެ އެވެ. އަދި ކޮންމެ އޯޑަރަކަށް 5-10 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ. އަދި 7 އަހަރުން ދަށުގެ ކުދިންނަށް އެއްވެސް އަގެއް ނުނަގާނެ އެވެ.

ބެއްލާ ވިސްޓާ ރެސްޓޯރަންޓްގެ އޯނަރު މުޖޭ ބުނި ގޮތުގައި މި ރޯދަމަހަށް ހާއްސަކޮށްގެން ރޯދަ ވީއްލަން ބޭނުންވާ މީހުންނަށް ސަބްމެރިން، ޕިއްޒާ، ބާގާ ފަދަ ތަކެތި ހާއްސަ އަގެއްގައި ޓޭކްއަވޭ ގޮތުގައި ވެސް ލިބޭނެ އެވެ.

“ކަސްޓަމަރު ބުނާ، ރަށުގެ ކޮންމެ ތަނަކަށް ވެސް ހިލޭ ޑެލިވަ ކޮށްދޭނެ، ޓޭކްއަވޭ އަށް އެންމެ ލަސްވެގެން ހަވީރު 5 ގެ ކުރިން އޯޑަރު ދޭންވާނެ. މި ސްޕެޝަލް އޮފާ ލިބޭނީ ހަމައެކަނި މި ރޯދަ މަހު،”

މުޖޭ ބުނީ ރޯދަމަހުގެ 15ގެ ފަހުން އިތުރު އޮފާތަކެއް ހުޅުވާލާނެ ކަމަށެވެ.

ބެއްލާ ވިސްޓާއިން ރޯދަ ވީއްލުން ތަރުޖިބާ ކޮށްލަން މެންދުރުފަހު 11:00 އިން ހަވީރު 15:00 އާ ދެމެދު އޯޑަރު ކުރެވޭނެ އެވެ. ނަންބަރަކީ 7910297 އަދި 7640099 އެވެ.

ބެއްލާ ވިސްޓާއިން ރޯދަ ވީއްލުން ބާއްވަމުން އަންނަ އިރު، އާންމުންގެ ފަރާތުން އަބަދު ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެތަނުން ބުންޏެވެ. އަދި ހާއްސަކޮށް އޮފީސްތަކުން މިކަމަށް ލިބޭ ތަރުހީބު ވަރަށް ރަނގަޅު ކަމަށް ވެސް އެތަނުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.