މިރޯދަމަހު ވެސް އޭދަފުށީގައި ތަރާވީސް ނަމާދުގެ އިމާމަކަށް މުސްތަފާ!

މިދިޔަ ރޯދަމަހު މުސްތާފާ އިމާމުވެ ތަރާވީސް ކުރަނީ

އެންމެ އެގާރަ އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކޮށް، މިދިޔަ ރޯދަމަހު އިމާމުވެ ތަރާވީޙް ނަމާދުކޮށްގެން އެތައް ބައެއްގެ ސަމާލުކަން ހޯދި، ބ. އޭދަފުއްޓަށް އުފަން އަލްހާފިޒު މުހައްމަދު މުސްތަފާ، މި ރޯދަމަހު ވެސް އޭދަފުށީ އެންމެ ބޮޑު މިސްކިތުގައި އިމާމުވެ ތަރާވީސް ނަމާދު ކުރަށް ފަށައިފި އެވެ.

އެހާ ކުޑަ ކުއްޖަކު އެހާ ބޮޑު ކަމަކަށް ނުކުންނާތީ، މިފަހަރު ވެސް ރަށު ރައްޔިތުންނަށް އެއީ ވަރަށް ބޮޑު އުފަލެކެވެ.

މުސްތަފާގެ އިތުރުން ޕާކިސްތާނުގެ ހާފިޒަކު ވެސް އެ މިސްކިތުގައި އިމާމުވެ ތަރާވީސް ނަމާދު ކުރެ އެވެެ.

ނިމިގެންދިޔަ ރޯދަމަހު މިރަށު ހުކުރު މިސްކިތުގައި އިމާމްވެ ތަރާވީޙް ނަމާދުކުރުމުގެ އިތުރުން މުސްތަފާ ވަނީ މިއަތޮޅުގެ ބައެއް ރަށްރަށާއި، ރ. އަތޮޅުގެ ބައެއް ރަށްރަށުގައި ވެސް މި ރޯދަމަހު އިމާމްވެ ތަރާވީޙް ނަމާދުކޮށްފައެވެ. މުސްތަފާ އިމާމްވެ ތަރާވީހް ނަމާދުކުރިއިރު ގުރުއާން ކިޔަވަމުންގެންދިޔަލެއް ފަރިތަކަމާއި، ވަރަށް މަދު ރެއަކު ނޫނީ ކުށެއް ނުޖެހި ކިޔެވުން ފުރިހަމަ ކޮށްފައިވުމަކީ ގިނަ ބަޔަކަށް ހައިރާންކަންގެނުވި ކަމެކެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ގްރޭޑް 3 އާ ހަމައަށް ކިޔެވުމަށްފަހު، ޓްރިވެންޑްރަމަށް 2015 ގައި ބަދަލުވެ، މުސްތަފާ ގުރުއާން ހިތުދަސްކުރީ ދާރުއްސަލާމް ހިފްޒުލް ގުރުއާން ކޮލެޖުންނެވެ.

ކީރިތި ގުރުއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމުގެ އަޒުމުގަ އިންޑިޔާގައި ކިޔަވަމުން އަންނަ މުސްތަފާ ވަނީ މިދިޔަ އަހަރު ކީރިތި ގުރުއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލުކޮށްފަ އެވެ.

މުސްތަފާގެ ދައްތައަކު ވެސް މިހާރު އަންނަނީ ގުރުއާން ހިތުދަސްކުރަމުންނެވެ. އަދި އޭދަފުށީގެ އިތުރު އެހެން ދެ ކުއްޖަކު ވެސް މުސްތަފާ އާއެކު އިންޑިޔާގައި އަންނަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.