ރައްޔިތުންގެ ހާލު ކައިރިން ބެލުމަށް ޕީޕީއެމުން އަތޮޅުތަކަށް

އަންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް ޕީޕީއެމް އިން މި ރޯދަ މަހުގެ ތެރޭގައި ރާއްޖޭގެ ފަސް އަތޮޅަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބެލުމަށް ނިންމައިފި އެވެ.

ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް އަބްދުﷲ ޔާމީން ކެމްޕޭން އޮފީހުގެ ފަރާތުން ވާހަކަ ދައްކަވަމުން އަދުލީ އިސްމާއީލް ވިދާޅުވީ، އަންނަ ހޯމަ ދުވަހުން ފެށިގެން ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ށ، ރ، ބ، ވ، އަދި އދ. އަތޮޅުގެ ރަށްތަކަށް ކަމަށެވެ. މި ދަތުރުގެ އެންމެ ބޮޑު މަގްސަދަކީ 2018 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރައީސް ޔާމީން ގައުމަށް ގެނެސްދެއްވި ތަރައްގީ ރައްޔިތުންނާ ހިއްސާކުރުން ކަމަށް އަދުލީ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ބުނި ގޮތުގައި ރަށްރަށަށް ދަތުރު ކުރާނީ އަންނަ ބުދަ ދުވަހުން ފެށިގެންނެވެ.

މި ދަތުރުތަކުގައި، މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ކޯލިޝަންގެ ގިނަ އަދަދެއްގެ މެމްބަރުންނާއި ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގައި މަސައްކަތް ކުރާ ވަރަށް ގިނަ މީހުން ބައިވެރިވާނެ ކަމަށް އަދުލީ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަށް ހަތަރު އަހަރާއި ހައެއްކަ މަސްވިއިރު، ރާއްޖެ އަށް އެކި ދާއިރާތަކުން ކުރިއެރުންތައް އައިސްފައިވާ ކަމަށެވެ. އަދި ރޯދަ މަހު ދަތުރުތައް ކުރަނީ ރައްޔިތުންނާ ވީހާވެސް ގާތުގައި ވުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

“މި ދަތުރުގެ އެންމެ ބޮޑު އެންމެ ބޮޑު އަމާޒަކީ އަތޮޅު ތެރެއަށް ގޮސް، ކެމްޕެއިން ހަރަކާތްތައް ހިންގައި ރައްޔިތުންގެ ހާލު ކައިރިން ބެލުން،” އަދްލީ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ ޖުމްލަކޮށް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ކެމްޕޭން ޓީމުތަކުން ދަތުރު ކުރާނެ ކަމަށެވެ. ރޯދަ މަސް ނިމުމުން ބާކީ ހުރި ރަށްތަކަށް ދަތުރު ކުރާނެ ކަމަށް މޫސާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.