ޑެންގީ އާއި ވައިރަލް ހުން އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި

މަދިރި އުފދެދޭ ތަންތަން ނައްތާލުމަށް ރަށުތެރެ ސާފުކުރަނޫ. –ފޮޓޯ: އަތޮޅު ހޮސްޕިޓަލް

ޑެންގީ ހުމާއި އަރިދަފުސް ރޯގާ އިތުރުވަމުންދާތީ އެކަމަށް ސަމާލުވާން ބ. އަތޮޅު ހޮސްޕިޓަލުން މިއަދު އިލްތިމާސްކޮށްފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ރޯދަ މަހާ ގުޅިގެން އާންމު ދިރިއުޅުމުގެ ކަންކަމަށް އައިސްފައިވާ ބަދަލުތަކުން ބަލިތައް ފެތުރުން އިތުރުވެގެން ދިއުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށެވެ. އެހެންވެ، ރައްކާތެރިކަމުގެ ގޮތުން މިކަމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެދޭ ކަމަށެވެ.

ހާއްސަ ސަމާލުކަންދޭންޖެހޭ ބައެއް ކަންތައްތައް

– ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު ޓިޝޫ ފަދަ އެއްޗެއް ބޭނުންކުރުން. އަދި ބޭނުންކުރުމަށްފަހު ހާމައަށް އެއްލާ ނުލުން.
– ރޯގާ ޖެހިއްޖެނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމާއި އެކުދިން އުރައި ނުހެދުން.
– ރަނގަޅަށް ސައި ބޯނި ލައިގެން އަތްދޮވުން
– ދުންފަތުގެ ދުމުން ކުޑަކުދިން ސަލާމަތް ކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް
– އުކާލެވޭ ކާބޯތަކެތިވެސް ރައްކާތެރިކަމާއެކު ނައްތާލުން
– ހުން އައިސް އަދި ރޯގާ ޖެހި ތިން ދުވަހަށް ވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފާއާއި އިރުޝާދު ހޯދުން.

ބ.އަތޮޅު ހޮސްޕިޓަލުން މި ގޮތަށް އިލްތިމާސް ކުރައްވާފައިވާ އިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ ) އިން ވެސް ވަނީ މިދުވަސް ވަރު ހުމާއި އިންފްލުއެންޒާގެ ކޭސް ތައް ރާއްޖޭގައި ފެތުރެމުން އަންނާތީ އެކަމަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފަ އެވެ.

އަދި މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އަޅާ މަދިރި ލޯޝަން ފަދަ ތަކެތި ބޭނުން ކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ، އަދި ފަތިސްގަޑި އާއި އިރުއޮއްސޭ ވަގުތު ގޭގެ ދޮރުތައް ލައްޕާ މަގު މައްޗަށް ފެން ހެދޭނެ ގޮތަށް ފުޅިފަދަ ތަކެތި އުކާނުލަން އެޗްޕީއޭ އިން އެދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.