ދިރާގު ޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ

ދިރާގު ވެބްސައިޓް ނުވަތަ ދިރާގުން ރޯދަމަހަށް ހާއްސަކޮށްގެން ދިރާގުން ތަޢާރަފު ކުރި “ramadanmv” މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕޭ ގެ ކަސްޓަމަރުންނަށް މިހާރު ފަސޭހަ ކަމާއެކު ފިތުރު ޒަކާތް ދެއްވޭނެގޮތް ހަމަ ޖައްސައިފި އެވެ.

އެހެން ކަމުން މިހާރު ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކެވޭނެ އެވެ.

ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދައްކަން ހައްދަވަން ޖެހޭނެގޮތަކީ، ދިރާގު ވެބްސައިޓަށް ވަދެ ވަޑައިގެން، ދިރާގު ޕޭ ޕޯޓަލްގެ އިސްތިހާރު ބެނާ އަށް ފިއްތަވާލުމަށްފަހު، ޕޯޓަލް ހުޅުވުމުން އެ ބޭފުޅަކު ޒަކާތާތް ދައްކަވާ ވަރުގެ ތަފްސީލު ފުރިހަމަކޮށްލައްވާށެވެ. އެއަށްފަހު ދިރާގު ޕޭ ވޮލެޓް ނަންބަރ އަދި ޕާސްވޯޑް ޖެއްސެވުމުން ޒަކާތް ދައްކާ ނިމުނީއެވެ.

ޒަކާތް ދެއްކުމަށްފަހު ވަގުތުން ކަސްޓަމަރަށް ޒަކާތް ދެކެވުނު ކަމުގެ ރަސީދެއް އޮންލައިންކޮށް އަދި އެސްއެމްއެސްގެ ޒަރީއާއިން ލިބޭނެއެވެ.

ދިރާގު “ramadanmv” އެޕް މެދުވެރިކޮށް ޒަކާތް ދައްކަވާނަމަ އެޕްލިކޭޝަން ގެ “zakat” ޖަހާފައި އިންނަ ޓެބަށް ފިއްތަވާލާނީ އެވެ. އަދި ދިރާގު ޕޭ ޕޯޓަލް ހުޅުވުމުން ކުރިން ދެންނެވި ފަދައިން ކުރިއަށްގެންދަވާނީ އެވެ.

ދިރާގު ޕޭ ޕޯޓަލް މެދުވެރިކޮށް، މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކެ ކަމަށް ދިރާގުން ބުންޏެވެ. އަދި މި އޮންލައިން ޕޯޓަލް މެދުވެރިކޮށް އަމިއްލަ މީހާގެ އިތުރުން އެހެން މީހުންގެ ނަމުގައި ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ދިރާގުން ބުންޏެވެ.

އެހެން އަހަރުތެކެކޭ އެއްފަދައިން މި އަހަރުވެސް ދިރާގުން ވަނީ ޕްރިޕެއިޑް މުދުވެރިކޮށް އެސްއެމްއެސް ކުރައްވައިގެން ޒަކާތް ދެއްކޭނެ މަގު ދިރާގުން ހިލޭ ފަހި ކޮށްދީފައެވެ. މި ހިދުމަތް ހޯދުމަށް ގުޅަން ޖެހެނީ *123*8# އަށެވެ.

ދިރާގުޕޭ އެކައުންޓެއް ގާއިމުކުރުމަކީ ދިރާގުޕޭގެ އެޕް ނުވަތަ މޯބައިލް ފޯނުގެ ޔޫ.އެސް.އެސް.ޑީ *777# މެނޫ ބޭނުންކޮށްގެން އުނދަގުލަކާނުލައި ރަޖިސްޓްރީކޮށްލެވޭ ހިދުމަތެކެވެ. އަދި އެކައުންޓަށް ފައިސާ ޖަމާކުރުމަށް ދިރާގުގެ ކޮންމެ ހިދުމަތްދޭ އައުޓްލެޓެއް ނުވަތަ ކަނޑައެޅިފައިވާ ދިރާގުޕޭ އޭޖެންޓް ފިހާރައަކަށް ގޮސް ރީލޯޑް ކުރާ އުސޫލުން ކޮށްލެވޭނެ އެވެ.
ދިރާގުޕޭގެ އަނެއް މުހިއްމު ސިފައަކީ ދިރާގު ނޫން ނެޓްވޯކެއްގައި އުޅޭ ކަސްޓަމަރަކަށްވެސް ފަސޭހަކަމާއެކު ފައިސާ ފޮނުވައި އެހެން ނެޓްވާކްތަކުގެ ކަސްޓަމަރުންނަށްވެސް އޭޖެންޓް މެދުވެރިކޮށް ފައިސާނެގޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމެވެ.
މީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ދިރާގުޕޭ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ.
އަދި ހަމަ އެއައެކު، ފަހި ޕޭ އެޕް، ފަސޭހަ ރިޗާޖް އަދި ރެޕިޑް ރީޗާޖް ފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް ވެސް ދިރާގު ޕޭ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.