ރޯޔަލްގައި ރޯދަ ވީއްލުމުގެ ހާއްސަ ޕެކޭޖެއް

ރޯޔަލް ގެ “މާކަނާ” ރެސްޓޯރަންޓް. ރޯދަވިއްލުން ބާއްވަނީ އެ ރެސޯޓްގައި

ބ. އަތޮޅުގައި ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިސޯޓުން ރޯދަ ވީއްލުމުގެ ހާއްސަ ޕެކޭޖްތަކެއް ތައާރަފްކޮށްފި އެވެ.

ރޯޔަލް އައިލެންޑް ރިސޯޓްގައި ރޯދަވީއްލުމުގެ ޕެކޭޖް ތައާރަފް ކުރުމުގެ ބޭނުމަކީ އެ ރިސޯޓުން ބުނި ގޮތުގައި ހިތްގައިމު މާހަލެއްގައި މީރު ކާނާތަކާއެކު ރޯދަވީއްލުމުގެ ފުރުސަތު ދިނުމެވެ.
ރޯޔަލް “އިފްތާރު” ޕެކޭޖްގައި ރޯދަވީއްލުމުގެ ރަހަތައް ވެސް ހުންނަނީ އާއްމުކޮށް ދިވެހިންނަށް ކަމުދާނެ ރަހަތަކުގެ އިތުރުން މަޝްހޫރު ބޭރު ރަހަތަކާއި އެކުގަ އެވެ.

ރޯޔަލް ގައި ރޯދަވިއްލުން ބާއްވަނީ އެރިސޯޓްގެ އެންމެ ހިތްގައިމު، އެއް ރެސްޓޯރަންޓް “މާކަނާ” ރެސްޓޯރަންޓްގަ އެވެ.

ރޯޔަލް އިން އިން ރޯދަވީއްލުމުގެ ޕޭކޭޖް ވިއްކަނީ މަދުވެގެން 15 މީހުންނަށް، ބޮލަކަށް 45 ޑޮލަރަށެވެ. އެ ޕެކޭޖްގައި އޭދަފުށި، މާޅޮސް އަދި ދަރަވަންދޫން ރިސޯޓަށް ދާން ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ހަމަޖައްސައިދެ އެވެ.

ރޯދަ ވީއްލުމަށް ރިސޯޓަށް ދާން ފުރާނީ، ހުކުރު، ހޯމަ އަދި ބުދަ ދުވަހު ހަވީރު 5:15 ގަ އެވެ. ރޯދަ ވީއްލައިގެން އެނބުރި ރިސޯޓުން އަންނަން ނައްޓާލާނީ ހަތެއް ޖަހާއިރު އެވެ.

ރީތި ގުދުރަތީ މަންޒަރުތަކުން ފުރިފައިވާ މިފަދަ ރިސޯޓެއްގައި ރޯދަ ވީއްލުމަކީ ކޮންމެ މީހެއްގެ ވެސް ހިތްހަމަޖައްސައިދޭނެ ކަމެއް ކަން ޔަގީނެވެ. އަވަހަށް އެ ރިސޯޓަށް ގުޅައި، ރިޒަވޭޝަން ހައްދާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.