އީދު ޗުއްޓީއަށް ރޯޔަލް އަށް

ރޯޔަލް އައިލެންޑް ރިސޯޓް

މި ފަހަރުގެ ކުޑަ އީދު ޗުއްޓީ ހޭދަކޮށްލަން އެއްވެސް ތަނަކަށް ދާން ޕްލޭނެއް ކޮށްފައި އެބަ އޮތް ހެއްޔެވެ؟ ނެތް ނަމަ މިއީ ރަނުގެ ފުރުސަތެކެވެ. ވިލާ ހޮޓެލްސް އިން ބ. އަތޮޅުގައި ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިސޯޓުން ވަނީ ދިވެހިންނަށާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ކުޑަ އަގެއްގައި އީދު ޗުއްޓީ ހޭދަކޮށްލެވޭނެ ގޮތް ހަމަޖައްސައިފަ އެވެ.

އެކި ބަންދާ ދިމާކޮށް ރޯޔަލް އައިލެންޑް ރިސޯޓުން ދިވެހިންނަށާއި ބޭރު މީހުންނަށް ހެޔޮ އަގުގައި ހާއްސަ ޕެކޭޖްތައް ތައާރަފްކުރެ އެވެ. އެ ޕެކޭޖްތަކުގައި ހުރުމާއި ކެއުމާއި އެ ރިސޯޓަށް ދިއުމުގެ ހަރަދު ވެސް ހިމަނަ އެވެ. އެކަމަކު މިފަހަރުގެ އަގުތައް ކުރިއަށް ވުރެ ވެސް ވަނީ ހެޔޮކޮށްފަ އެވެ.

ރޯޔަލް އައިލެންޑުން މިފަހަރުގެ އީދު ބަންދާ ދިމާކޮށް ޕެކޭޖް ތައާރަފްކޮށްފައި ވަނީ މި މަހުގެ 10 އިން 30 ގެ ނިޔަލަށެވެ. އެ ޕެކޭޖްގައި ނަގަނީ ދެ މީހަކަށާއި ކުޑަ އެއް ކުއްޖަކަށް (ޑަބަލް ރޫމް) ރެއަކަށް 1،999ރ. އެވެ. އަދި ތިން އިރުގެ ކެއުންވެސް ހަމަޖައްސައިދެ އެވެ.

އޭގެ އިތުރުން ދަތުރުގެ ހަރަދުގެ ގޮތުގައި ބޮޑު މީހަކަށް 800ރ. އަދި ކުޑަކުއްޖަކަށް 500ރ. ވަކިން ޗާޖުކުރެ އެވެ.

ނަމަވެސް މި ޕެކޭޖުގެ ދަށުން އޭދަފުށިން އެ ރިސޯޓަށް ޗުއްޓީ ހޭދަކޮށްލަން ދާން ބޭނުންވާ ގްރޫޕްތަކަށް ރިސޯޓުން ހިލޭ ދަތުރު ހަމަޖައްސައިދެ އެވެ.

ރޯޔަލް އައިލެންޑް ރިސޯޓުން ބުނިގޮތުގައި އެ ރިސޯޓުން އީދާ ދިމާކޮށް ދިވެހިންނަށް ހާއްސަ ޕެކޭޖްތަކެއް ތައާރަފްކުރީ އެކަށީގެންވާ ހެޔޮ އަގެއްގައި ރިސޯޓެއްގައި އާއިލާ ގޮވައިގެން ހިތްހަމަޖެހޭ، އުފާވެރި ދުވަސްތަކަކަށް އީދު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ފަހަކަށް އައިސް ކޮންމެ ބަންދަކާ ދިމާކޮށް ވެސް ރޯޔަލް އައިލެންޑުން ހާއްސަ ޕެކޭޖްތައް ވިއްކައެވެ. އެ ރިސޯޓުން ބުނި ގޮތުގައި އެ ޕެކޭޖްތަކަށް ދިވެހިންގެ ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ރޯޔަލް އައިލެންޑްގެ މުވައްޒަފުން ތިބީ އީދު ޗުއްޓީގެ މެހެމާނުންނަށް މަރުހަބާ ކިޔަން ދެ އަތް ހުޅުވާލައިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.