ބ. އަތޮޅުން މިދިޔަ މަހު ވެސް އެންމެ ބޮޑު ސާވިސް ޗާޖު އަނަންތަރާއިން

އަނަންތަރާ ކިހަވައް ވިލާސް

ބ. އަތޮޅުގައި ހިންގާ ރިސޯޓްތަކުގެ ތެރެއިން މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ލިބުނީ އަނަންތަރާ ކިހަވައް ވިލާސް ގެ މުވައްޒަފުންނަށް ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

ރިސޯޓުތަކުގެ މުވައްޒަފުންގެ ސާވިސް ޗާޖުގެ މައުލޫމާތު ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައިވާ ގޮތުގައި މިދިޔަ މޭމަހު އެ ރިސޯޓުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 800 ޑޮލަރު (12339ރ.) ލިބިފައިވެ އެވެ. އެކަމަކު މިއީ އޭގެ ކުރީ އޭޕްރީލް މަހު އެރިސޯޓުގެ މުވައްޒަފުންނަށް ލިބުނު 17862 ރުފިޔާ އާ އަޅާބަލާއިރު 5523 ރުފިޔާގެ ދަށް ވުމެކެވެ.

ދެވަނަ އަށް އެންމެ ގިނައިން ސަވިސްޗާޖް ލިބުނު ރިސޯޓުގެ ގޮތުގައި ލިސްޓް ކޮށްފައިވަނީ ޑުސިތު ތާނީ ރިސޯޓެވެ. އެރިސޯޓުގެ މުވައްޒަފުންނަށް ވެސް ލިބިފައިވަނީ ކުރީ މަހު ލިބުނު 13338 ރުފިޔާ އާ އަޅާ ބަލާއިރު 3377 ރު. ގެ ދަށް ވުމަކާއެކު 646 ޑޮލަރު ނުވަތަ 9961 ރުފިޔާ އެވެ.

ތިންވަނައިގާ އޮތީ 596 ޑޮލަރ ނުވަތަ 9194ރު. އާއެކު ފޯސީޒަން ރިސޯޓް ތަކެވެ.

އެޕްރީލް މަހު 3 ވަނައިގާ އޮތް މިލައިދޫ ރިސޯޓް މޭމަހު ވަނީ 4 ވަނައިގައެވެ. އެރިސޯޓުގެ މުވައްޒަފުންނަށް ލިބިފައިވަނީ 540 ޑޮލަރެވެ.

މީގެ އިތުރުން ވައްކަރު ރިސޯޓުން ސަވިސްޗާޖަށް 400 ޑޮލަރ ނުވަތަ 6168ރު. ލިބިފައިވާ އިރު އަމިއްލަފުށި/ ފިނޮޅު ރިސޯޓުން ލިބިފައިވަނީ 288 ޑޮލަރ ނުވަތަ 4441ރ. އެވެ.

މިހިސާބު ތަކަށް ބަލާއިރު މިއީ ޓޫރިޒަމްގެ އޮފް ސީޒަނަށް ވެފައި ފާއިތުވި އެޕްރީލް މަހަށް ވުރެ މޭ މަހު ސާވިސްޗާޖް ގެ ގޮތުގައި ރިސޯޓް ތަކުން ލިބިފައިވާ ރުފިޔާ މަދު ކަން ފާހަގަ ކުރެވެއެވެ.

ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި އެވްރެޖްކޮށް ދިހަ ޕަސެންޓް ނަގަ އެވެ. އޭގެ ތެރެއިން ބަހަނީ ވެސް އެކި މިންވަރަށެވެ. ގިނަ ރިސޯޓްތަކުން ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އޮންނަނީ ސިއްރުކޮށްފަ އެވެ.

ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އާއްމުކުރާ ވެބްސައިޓްގައިވާ މައުލޫމާތުތަކަކީ ރިސޯޓުތަކުގެ މެނޭޖްމަންޓުން ހިއްސާކުރާ މައުލޫމާތެއް ނޫނެވެ. އެ މައުލޫމާތު ދެނީ އެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.