ބީއެމްއެލް އިން ދޫކުރާ ލުއި ލޯނު ނަގާ މީހުންގެ ތެރެއިން، ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ލޯނު ފައިސާ އަނބުރާ ލިބޭ ޕްރޮމޯޝަންގެ ނަސީބުވެރިޔާ މިއަދު ހޮވައިފި އެވެ.
ބީއެމްއެލްއިން ބުނީ އެ ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އައިޝަތު ޒީނާ، މެޑޯޒް، ށ. މިލަންދޫއެވެ. އޭނާއަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލް އިން ހިންގި ލުއި ލޯނު ޕްރޮމޯޝަންގެ މުއްދަތުގައި 2300 އަށް ވުރެ ގިނަ އަމިއްލަ ފަރުދުންނަށް ލުއި ލޯނު ދޫކޮށްފައިވާކަމަށް ބީއެމްއެލް އިން ބުނެއެވެ.
20،000 ރުފިޔާއިން އިން ފެށިގެން 100،000 ރުފިޔާ އާ ހަމަޔަށް ބީއެމްއެލް އިން ދޫކުރާ ލުއި ލޯނުތަކަށް ރަހުނު ގޮތުގައި އެއްވެސް ހަރުމުދަލެއް ބަހައްޓަން ނުޖެހޭއިރު ގެރެންޓާއެއްވެސް އަދި ކޮޓޭޝަނެއްވެސް އެ ލޯނު ހޯދުމަށް ހުށަހަޅަން ނުޖެހެއެވެ.