މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި މިދިޔަ އާދީއްތަ ދުވަހު މަސްތުވާތަކެއްޗާއެކު މިރަށުން އަތުލައިގެންފައި ވަނީ 29 އަހަރުގެ ފިރިހެނެކެވެ.
އޭނާ އަތުލައިގެންފައި ވަނީ ފުލުހުން ބުނިގޮތުގައި މާލެއިން އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޭދަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.
“މި މީހާ ހައްޔަރުކޮށް މިމީހާ ދިރިއުޅޭ ކޮޓަރި ކޯޓުއަމުރެއްގެ ދަށުން ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ބޮޑު 6 ރަބަރު ޕެކެޓު މިމީހާ ދިރިއުޅޭ ކޮޓަރިތެރެއިން ފެނިފައިވެއެވެ،” ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުންދަނީ ތަޙުޤީޤު ކުރަމުންނެވެ.