އުރީދޫ މަސްރޭހުގެ ފައިނަލަށް މިލައިދޫ

ޓީމު މިލައިދޫ

އުރީދޫ މަސްރޭހުގެ ދެވަނަ ސެމީފައިނަލް ބުރު ނިމި، ފައިނަލް ގެ ހަ ޖާގަ ތެރެއިން ދެ ޖާގަ، ޓީމް މިލައިދޫ އަދި ޓީމް އެގްޒީޓިކާ ރިސޯޓުން ކަށަވަރު ކޮށްފި އެވެ.

ރޭ ބްރިޖް ވިއުއިން ޕްލެޓްފޯމް ގައި ވަރަށް ފޯރިއާއެކު ކުރިޔަށް ގެންދިޔަ އެ އިވެންޓުގައި ވަނީ ހަތަރު ޓީމެއް ވާދަ ކޮށްފަ އެވެ. އޭގެ ތެރޭގައި ބ. އަތޮލުގައި ހިންގަމުން އަންނަ މިލައިދޫ ރިސޯޓްގެ ޓީމް އާއި ޓީމް ތާޖު އެގްޒޯޓިކާ އާއި ޓީމް ނަލަހިޔާ އަދި ޓީމް އެމްޕީއެލް ވަނީ ވާދަ ކޮށްފަ އެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މަސްރޭސް މުބާރާތުގެ ފައިނަލުގައި ޓީމް މިލައިދޫ އަދި ޓީމް ތާޖް އެގްޒޯޓިކާ ވާދަކުރާނީ ފުރަތަމަ ސެމީ ފައިނަލް ކާމިޔާބުކުރި ޓީމް މަލަހިނި އަދި ޓީމް ސްޓެލްކޯގެ އިތުރުން، ކުރިއަށް އޮތް ތިންވަނަ ސެމީފައިނަލް އިން އެންމެ ކުރި ހޯދާ ދެ ޓީމާ އެވެ.

މި މުބާރާތުގެ ސެމީފައިނަލްގެ ތިންވަނަ އިވެންޓް ވަނީ ޖޫން ހަ ކަމަށްވާ ބުދަ ދުވަހަށް ތާވަލް ކޮށްފަ އެވެ. މި އިވެންޓް ވެސް ވަރަށް ފޯރި ގަދަކަމާއެކު ބްރިޖް ވިއުއިންގ ޕްލެޓްފޯމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި އިވެންޓް ގައި ފައިނަލްގެ ފަސް ވަނަ ޓީމް އަދި ހަވަނަ ޓީމް ކަށަވަރު ވެގެން ދާނެއެވެ.‎

ސެމީފައިނަލްގެ ފަހު އިވެންޓުގައި ވާދަކުރުމައް ހަމަޖެހިފައިވަނީ ޓީމް ކޯސްޓްލައިން, ޓީމް އެޗްޑީސީ، ޓީމް އަމާރީ އަދި ޓީމް އެންސިސް، އަދި ޓީމް ކޮންރެޑް އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.