ބ. އަތޮޅު ސްކޫލުތަކުގެ ޓީޗަރުންނަށް ޓެބްލެޓް ހަވާލުކުރަން ފަށައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުންނަށް މިއަދު ޓެބްލެޓް ހަވާލުކުރަނީ

ސްކޫލުތައް ޑިޖިޓައިޒްކޮށް ޓީޗަރުން ބޭނުންކުރާނެ ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީން ބ. އަތޮޅު ސްކޫލުތަކުގެ ޓީޗަރުންނަށް ހަވާލުކުރަން ފަށައިފި އެވެ.

ބ. އަތޮޅުގައި އެންމެ ފުރަތަމަ ޓެބްލެޓް ދިނީ ބ. އަތޮޅު މަދަރުސާގެ ޓީޗަރުންނަށެވެ. އަދި މިއަދުވަނީ މިއަތޮޅު އެހެން ސްކޫލުތަކުގެ ޓީޗަރުންނަށް ވެސް ޓެބްލެޓް ދޭން ފަށައިފައެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުންނަށް ޓެބްލެޓް ހަވާލުކުރަން އެ ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވީ ދެ ވަނަ ޓާމު ފެށުމުން ދަރިވަރުންނަށް ވެސް ޓެބްލެޓް ދޭން ފަށާނެ ކަމަށެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުންނަށް މިއަދު ޓެބްލެޓް ހަވާލުކުރަނީ
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުންނަށް މިއަދު ޓެބްލެޓް ހަވާލުކުރަނީ

އެޑިޔުކޭޝަން މިނިސްޓްރީން ބުނިގޮތުގައި މި މަޝްރޫއަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައި ކުރުމުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި ފޮތްތަކާއެކު މިއަހަރުގެ ދެ ވަނަ ޓާމުން ފެށިގެން ސްކޫލަތަކުގައި ޓެބްލެޓް ބޭނުންކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ރާއްޖޭގެ ހުރިހާ ދަރިވަރުންނަށާއި ޓީޗަރުންނަށް ދޭން ހަމަޖައްސާފައިވަނީ ވާވޭ ބްރޭންޑުގެ މީޑިއާ ޕެޑް ޓީ 3 ޓެބްލެޓެވެ. 8 އިންޗީގެ އެޗްޑީ ސްކްރީނެއް ހިމެނޭ އެ ޓެބްލެޓުގެ ސްޓޯރޭޖް ކެޕޭސިޓީގައި 16 ޖީބީ ހުންނާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.