ދިރާގުން ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެގޮތުން އަނެއްކާވެސް ވަރުގަދަ މެސެޖެއް!

ބައިނަލް އަގުވާމީ ކަނޑުތަކުގެ ދުވަހާ ގުޅިގެން ނެރުނު ކޮތަޅު މުވައްޒަފުންނަށް ހަދިޔާ ކުރަނީ — ދިރާގު

މީގެ ދުވަސްކޮޅެއް ކުރިން އިވުނީ ކަނޑު ރޯ އަޑެވެ. މިއަދު ބައިނަލް އަގުވާމީ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރާ އިރު ދިރާގުން ނެރުނު ވީޑިއޯގައި ކަނޑުން އަހަރެމެންނަށް ފޮނުވަނީ މެސެޖެކެވެ.

މި ވީޑިއޯ އިން ދައްކުވައިދޭ އަސަރު ގަދަ މެސެޖު އެންމެ ފުރިހަމަ އަށް ލިބިގެން ދާނީ މި ވީޑިއޯ ބަލާލުމުންނެވެ.

2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ޕާލޭ މޯލްޑިވްސް އާއި ގުޅިގެން ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ފެށި “ފޯ ދި އޯޝަންސް” ކެމްޕެއިން ގެ ދަށުން އެ ކުންފުނީގެ މުވައްޒަފުންނަށާއި މުޖުތަމަޢުއަށް އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިލް ކޮތަޅު ބޭނުން ނުކުރުމަށް ގޮވާލާ ގިނަ ފަހަރު ބޭނުން ކުރެވޭނެ ކޮތަޅު ގެންގުޅުމަށް ބާރުއަޅާފައިވެއެވެ.

އެގޮތުން މިއަދު ދިރާގުގެ ކޮންމެ މުވައްޒަފަކަށް މި ކަމުގައި އެއްބާރުލުން ދިނުމުގެ ގޮތުން މި ޚާއްޞަ ދުވަހާ ގުޅޭގޮތަށް ފަރުމާކުރެވިފައިވާ ގިނަފަހަރު ބޭނުން ކުރެވޭ ކޮތަޅު ވަނީ ހަދިޔާކޮށްފައެވެ.

ދިރާގުން ބުނީ ކޮތަޅުތައް މުވައްޒަފުންނަށް ހަދިޔާކުރި އެންމެ ބޮޑު މަގުސަދަކީ އެ މުވައްޒަފެއްގެ ފަރުދީ ޒިންމާ އަދާ ކުރަން ބާރު އަޅާ، ޕްލާސްޓިކު ކޮތަޅު ގެންގުޅުން މަދު ކުރުމަށް އެއްބާރުލުމުގެ ގޮތުންނެވެ.

މީގެ އިތުރުން މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަދި ގިނަ ފަހަރު ބޭނުންކުރެވޭ ކޮތަޅު ބޭނުންކުރުމުގެ އާދަ މުޖުތަމަޢުގައި އަށަގެންނެވުމުގެ ގޮތުން ދިރާގުން ވަނީ ބައެއް ސުޕަމާކެޓް ތަކުން މިއަދު މި ކޮތަޅުތައް ލިބޭނެ ގޮތް ހަމަ ޖައްސާފައެވެ.

އަދި ދިރާގު ހެޑް އޮފީސް ލޮބީ އިން އަދި ދިރާގު ރީޖަނަލް އޮޕަރޭޝަން ސެންޓަރުތަކުން ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން މެނޭޖަރ ބިޝާރާ ޙަމީދު ވިދާޅުވި ގޮތުގައި ތިމާވެށި ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެކެވެ. އަދި ދިގު މުއްދަތަކަށް ދިރާގުން ކުރިއަށް ގެންދާ މި ކެމްޕެއިން އަކީ ކަނޑުތަކަށް ޕްލާސްޓިކް އެޅުމުގެ ނުރަގަނޅު އާދަ ހުއްޓުވައި އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ކުންފުނީގެ ސީއެސްއާރްގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.