
އޭދަފުށީ ޔޫ ސްޕޯޓްސް އިން އިންތިޒާމުކޮށްގެން ބ. އަތޮޅަށް ހުޅުވާލައިގެން މިދިޔަ އަހަރު އަލަށްފެށި “ބާ އެޓޯލް ފުޓްބޯޅަ ޗެލެންޖު” ގައި މިއަހަރު 8 ރަށަކުން ބައިވެރިވެއްޖެ އެވެ.
މިއަތޮޅުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު މުބާރާތުގައި ބައިވެރިވެފައިވަނީ މިދިޔަ އަހަރުގެ ގޮއިދޫ، ދަރަވަންދޫ، މާޅޮސް، ކެންދޫ، ފެހެންދޫ، ދޮންފަން، ކުޑަރިކިލު އަދި އޭދަފުއްޓެވެ.
ބ. އަތޮޅުގެ ކުޅުންތެރިންނަށް ފަސްޓް ޑިވިޝަންގެ ފުރުސަތުތަކެއް ހޯދައިދިނުން މަގުސަދުގައި، ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) އިސްނަގައިގެން ބާއްވާ މި މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް ވެސް ރަށުން ބޭރު ތިން ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮވެއެވެ. އަދި ފަސްޓް ޑިވިޝަން 5 ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް އެއްވަގުތެއްގައި ކުޅެވޭނީ އޭގެ ތެރެއިން ތިން ކުޅުންތެރިންނަށެވެ. ފާއިތުވި އަހަރުގައި ވެސް މި މުބާރާތުގައި ގައުމީ ޓީމުގެ މަޝްހޫރުރު ގިނަ ކުޅުންތެރިންތަކެއް ކުޅުނެވެ.
މުބާރާތުގައި އޭދަފުށި ތަމްސީލްކުރާ ޓީމު މިފަހަރު ނަގާނީ ރަށު ކައުންސިލުންނެވެ.
މުބާރާތް އިންތިޒާމު ކޮމެޓީން ބުނީ މުބާރާތަށް ސްޕޮންސަރުން ހޯދުމާއި އެހެނިހެން މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކުން 7992334 ނަންބަރު ފޯނާ ގުޅުމަށެވެ. މިއަހަރުވެސް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ބޮޑު ޗުއްޓީ ބަންދާ ދިމާކޮށެވެ.
އޭދަފުއްޓަކީ ގައުމީ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް އުފައްދައިފައިވާ ރަށެކެވެ. މީގެ ތެރެއިން މިހާރު ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ޝާފިއު އަހުމަދު (ޝާފީ) އާއި އަލީ ފާސިރު (ސެންޓޭ) ހިމެނެ އެވެ.
ކިހާދޫ ބައިވެރި ނުވިޔަސް ކިހާދޫގެ ހުނަރުވެރި ކުޅުންތެރިން މިމުބާރާތުގައި އެހެން ޓީމް ތަކުން ފެނުން އެކަށީގެން ވޭ ……
އަޅުގަނޑުމެން އެނބުރި އަންނާނެ. އަޅުގަނޑުމެންގެ އަޒުމެއް ބައްޔެއްނުވާނެ. އަޅުގަނޑުމެންނަށް މަލާމާތް ކުރެވިދާނެ. ޖޯކުޖަހާވެސް ހެދިދާނެ. އެކަމަކު އަޅުގަނޑުމެންގެ އަޒުމެއް ބައްޔެއްނުވާނެ. ކިހާދޫގެ ފުޓުބޯޅަ ފިލޯސަފީ ނައްތައެއް ނުލެވޭވެ.
އަޅުގަނޑުމެން އޭދަފުށީމީހާ ބަލާހިތްވާފަދަ ފޯރިގެންނާން.
ކިހާދޫގަ މިހާރު ތި ކަން ކުރާފަދަ ފުޓުބޯޅަ ރޫޙެއް ނެތް. ޒުވާނުން މިފަދަ ކަންކަމަށް ދޭ ސަމާލްކަން ވަރަށް ކުޑަ. މި ދިޔަ އަހަރުވެސް މުބާރާތުގެ ތައްޔާރީތަށް ދިޔައީ ވަރަށް ދަށްކޮށް. އެހެންވެ ކިހާދޫން މިފަހަރު ބައިވެރިނުވާން ނިންމީ. މައިގަނޑު ސަބަބަކީ ކުޅުންތެރިންގެ ތަރުޙީބް މިކަމަށް ނެތުން. ކުޅުންތެރިންގެ ކޮމިޓްމަންޓް ދަށްވުން. އެހެން ގޮތަކަށް ބުނާނަމަ ކުޅިވަރުގެ އަޚްލާގް އެއްކޮށްހެން ގެއްލުން. އެހެން ޓީމްތަކަށް ބުނެލަންއޮތީ ގޫގޫގޫޑް ލަކް އޭ!
-ކިހާދު މީހާ-
މިދިޔަ އަހަރުގެ ނަތީޖާ އަށްބަލާފަ ކިހާދޫ ހަމަ ޖެހިލުންވީ!! ވަރަށް ސާފު!!!
ކިހާދޫ ބައިވެރި ނުވީ ކީއްވެބާ؟
ގޮއިދޫ ތަށި ދިފާޢުކުރުމުގެ އަޒުމުގައި!!!!!
ކަމަދޫ، ކިހާދޫ ބައިވެރިވާން ޖެހިލުންވީބާ…