ބ. އަތޮޅުގައި ހިންގަމުން އަންނަ ކޮކޯ ޕާމް ދުނިކޮޅު ރިސޯޓުގައި ޓޫރިސްޓަކު މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ މިހާރު ނޫހުގައި ބުނެފައިވާ ގޮތުގައި ބ. އަތޮޅުގައި އޮންނަ އެ ރިސޯޓުގައި އިނގިރޭސި ވިލާތުގެ، އުމުރުން 57 އަހަރުގެ ފިރިހެނަކު މަރުވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 11:45 ހާއިރު އެވެ.
އެ މީހާ، ބ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޮފިޝަލް ވިދާޅުވި އެވެ. އެކަމަކު އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެނގިފައިވާ ގޮތުގައި އެ މީހާ މަރުވީ، ރިސޯޓުގެ ކޮޓަރީގައި އޮއްވަ އެވެ. އޭނާއާ އެކު، އިތުރު ބަޔަކު ވެސް ޗުއްޓީ ހޭދަ ކުރުމަށް ކޮކޯ ޕާމް ދުނިކޮޅަށް ދިޔަ ކަން އެނގިފައިވެ އެވެ.